ދުނިޔެ

އިޒްރޭލުން ހަމާސްގެ ލީޑަރަކު ހައްޔަރުކޮށްފި

ރާމައްﷲ (އަލްޖަޒީރާ) އިޒްރޭލުން ރޭގައި ރާމަﷲ ގައި ހިންގި ރޭޑެއް ގައި ހާމާސްގެ އިސް ލީޑަރެއް ކަމަށްވާ ހަސަން ޔޫސުފް ހައްޔަރު ކޮށްފައިވާ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން މިއަދު ބުނެފިއެވެ.

ހަސަން ޔޫސުފު ހައްޔަރު ކޮށްފައި ވާކަން ހަމާސް އިން ވެސް ވަނީ ޔަގީން ކޮށްދީފައެވެ. އެ ޖަމާއަތުން ބުނީ މިއީ އިޒްރޭލުން ހިންގާ އަނިޔާވެރި އަމަލު ތަކުގެ ބައެއް ކަމަށެވެ. އަދި އިޒްރޭލުގެ ރޭވުމަކީ އެގައުމުގެ ހަންފެތުރުމާ ދެކޮޅަށް ތެދުވާ ފަލަސްތީނު ރައްޔިތުން މައިތިރިކުރުން ކަމަށާއި ހަމާސްއާއި އެހެނިހެން ރައްޔިތުންގެ އިންތިފާލާ ހުއްޓުމަކަށް ގެނައުން ކަމަށެވެ.

ހަސަން ޔޫސުފަކީ ވެސްޓް ބޭންކުގައި ހަރަކާތްތެރިވާ އެންމެ އިސް އެއް ލީޑަރެވެ. އިޒްރޭލުން މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ޔޫސުފް ހައްޔަރުކޮށްފައި ވެއެވެ. އޭނާ އަކީ އިޒްރޭލުގެ އަނިޔާވެރި ކަމާއި ދެކޮޅަށް ފަލަސްތީނުން ފެށި ދެވަނަ އިންތިފާލާގައި ކުރިއަށް ނުކުމެ އެ އިންތިފަލާ ލީޑު ކުރެއްވި ފަރާތްވެސް މެއެވެ. އަދި 2005 ގައި ފަލަސްތީނުގައި އޮތް އިންތިހާބުގައި ހަމާސް ތަމްސީލުކުރެއްވުމަށް ކަނޑައެޅުނު ފަރާތަކީ ވެސް އޭނާ އެވެ. އެހެން ނަމަވެސް އޭރު އޭނާ ހުންނެވީ އިޒްރޭލުގެ ޖަލުގައެވެ.