ވިޔަފާރި

އެމެޒޯންގެ ވެރިޔާ އަގު ބޮޑު ޔޮޓު ރާއްޖޭގައި

Nov 29, 2020
1

ދުނިޔޭގައި މިވަގުތު އެންމެ މުއްސަނދި މަހުޖަނު، އެމެޒޯންގެ ވެރިޔާ ޖެފް ބެޒޯސް އަގު ބޮޑު ޔޮޓު އަނެއްކާ ވެސް ރާއްޖެ އަތުވެއްޖެ އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި އެމެޒޯންގެ ސީއީއޯ އަދި ދުނިޔޭގައި މިވަގުތު އެންމެ މުއްސަނދި މަހުޖަނު ކަމަށްވާ ޖެފްގެ އަގު ބޮޑު ޔޮޓު "ފްލައިން ފޮކްސް" މިހާރު އޮތީ ރާއްޖޭގަ އެވެ. އެ ޔޮޓު ރާއްޖެ އައިސްފައި ވަނީ މީގެ ހަތަރު ދުވަސް ކުރިންނެވެ. ޔޮޓަށް ފަހު ޖެފް ވެސް ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަން ވަޑައިގަންނަވާނެ ކަމަށް ވަނީ އެނގިފަ އެވެ.

މީގެ ކުރިން ވެސް ރާއްޖޭގައި ޗުއްޓީ ހޭދަ ކުރައްވަން ވަޑައިގެންފައިވާ ޖެފްގެ ފްލައިން ފޮކްސް ޔޮޓަކީ ދުނިޔޭގެ އެންމެ އަގު ބޮޑު ޔޮޓުތަކުގެ ތެރޭގައި ހިމެނޭ އުޅަނދެކެވެ. ގާތްގަނޑަކަށް 25 މީހުންނަށް ހިދުމަތް ދެވޭ މި ޕްރައިވެޓް ޔޮޓަކީ 400 މިލިއަން ޑޮލަރުގެ އުޅަނދެކެވެ.

ހެލިކޮޕްޓަރު ޖައްސާ ހެލިޕޭޑަކާއި ހެލިކޮޕްޓަރެއް ވެސް އޮންނަ މި ޔޮޓުގައި ސުވިމިން ޕޫލާއި އެ ނޫން ވެސް މިފަދަ ގިނަ ވަސީލަތްތައް ހިމެނެ އެވެ. މި ޔޮޓު އަލުން ރާއްޖެ އައިސްފައިވަނީ ކޮވިޑް-19 އިގެ ކުރީން ގިނަ ދުވަސް ތަކެއް ވަންދެން ރާއްޖޭގައި އޮތުމަށް ފަހު އެވެ.