ޓެކްސް އެޕީލް ޓްރައިބިއުނަލް

ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް މެންބަރުން އައްޔަން ކޮށްފި

ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް މިއަދު ފަސް މެންބަރުން އައްޔަނު ކޮށްފި އެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް އައްޔަނު ކޮށްފައިވަނީ އއ. މަތިވެރި ވެސްޓްބީޗު މުހައްމަދު މުނައްވަރު އަލީ އާއި ގ.ގޮފި ފާތިމަތު މިންހަތު އިއްޒަތާއި މ. ފާމްދޭރިގެ ހުސައިން ޒައިދާން ޖަލީލާއި މއ. ވިލާރޮދި އިސްމާއީލް ސާޖިދާއި، ދަފްތަރު ނަންބަރު ރސ 7883 އަހުމަދު އަޝްރަފެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރު ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލީ ވަނީ އޮކްޓޫބަރު މަހުގެ ފަސް ވަނަ ދުވަހުއެވެ. އެއީ އެ ޓްރައިބިއުނަލްގައި އޭރު ހިމެނުނު ފަސް މެންބަރުންގެ މަގާމުގެ މުއްދަތު އިއްޔެ ނިޔަލަށް ހަމަވާތީއެވެ.

ރައީސުލްޖުމްހޫރިއްޔާ ޓެކްސް އެޕީލް ޓައިބިއުނަލްއަށް މި ފަސް މެންބަރުން އައްޔަނު ކުރެއްވުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހުން ވަނީ މި ފަސް ބޭފުޅުންނަށް ރުހުން ދީފައެވެ.