ޓެކްސް އެޕީލް ޓްރައިބިއުނަލް

ޓެކްސް ޓްރައިބިއުނަލަށް ފޮނުވި ނަންތައް ޝަކުވާއަށް

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މެންބަރުން އައްޔަނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުވި ނަންތަކާމެދު އާންމުންގެ ޝަކުވާއަށް ހުޅުވާލައިފި އެވެ.

ރައީސް ވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލަށް އައްޔަން ކުރެއްވުމަށް ފެނިވަޑައިގަންނަވާ ހަތަރު ބޭފުޅެއްގެ ނަން ވަނީ ފޮނުވާފައެވެ. އެއީ ފ. ނިލަންދޫ، މަލަކު ހައްވާ އަނޫޝާ އާއި މ. ރަންވަރަ، ހަދީޖާ ނައީމް އާއި މ. ފްލެމިންގޯ، މަރިޔަމް ތޫލާ ރިލްވާން އަދި ސ. ފޭދޫ، ޑިއަރެސްޓް ހަދީޖާ ސައީދު އެވެ.

މި މައްސަލަ ޖުޑީޝަރީ ކޮމެޓީގައި އޮތް އިރު ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ބުނީ މި ނަންތަކާމެދު ޝަކުވާއެއް ވާނަމަ މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ޝަކުވާ ހުށައެޅުމަށް އެދޭ ކަމަށެވެ. ޝަކުވާ ހުށައެޅުމަށް [email protected] މެއިލް ކުރުމަށް ވަނީ އެދިފައެވެ.