ކުޅިވަރު

އުމްޓިޓީއަށް އެވަޓަންގެ އަންޗެލޯޓީ ފަރާލަނީ

ކުރިއަށް އޮތް ޖަނަވަރީ ޓްރާންސްފާ ޕީރިއަޑްގައި ސެމިއުލް އުމްޓިޓީ އެވެންޓަންއަށް ގެންދިއުމަށް އެ ޓީމުގެ ކޯޗް ކާލޯ އަންޗެލޯޓީ މަސައްކަތް ފަށައިފި އެވެ.

ހޫނު މޫސުމްގެ ޓްރާންސްފާގައިވެސް ބާސާގެ ޓީމުން ބޭރުވުމާ ވަރަށް ކައިރިއަށް އުމްޓިޓީ ދިޔަ އެވެ. އޮލިމްޕިކް ލިޔޯން އަށް ކުޅެމުން ގެންދާ ހޮލެންޑްގެ ފޯވަޑް މެންފިސް ޑީޕޭ ގެންދިއުމަށް ބާސާއިން މަސައްކަތް ކުރީ ބަދަލުގައި އުމްޓިޓީ އެ ކުލަބަށް ދޭ ގޮތަށެވެ.

އަނެއްކާ ހުޅުނގު މޫސުމުގް ޓްރާންސްފާ ޕީރިއަޑް ކުރިމަތީގައި އޮތް އިރު އުމްޓިޓީގެ ޓްރާންސްފާ އާ މެދު ވަނީ ވާހަކަ ދެކެވެން ފަށާފަ އެވެ. ފްރާންސްގެ ޑިފެންޑަރު ގެންދިއުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަމުން ދަނީ އެވަޓަން އަށެވެ.

ޓްރާންސްފާ ޚަބަރުތައް ބުނާ ގޮތުން އެވަޓަންގައި އަންޗެލޯޓީގެ ޕްރޮޖެކްޓަށް އުމްޓިޓީ ވެސް ޝައުގިވެރި ވެއެވެ. މި ވަގުތު އަނިޔާގައި ހުރި އުމްޓިޓީ ދަނީި އަނިޔާއިން ރިކަވާ ވުމަށް މަސައްކަތް ކުރަމުންނެވެ. އުމްޓިޓީގެ ޓްރާންސްފާ އަގަކީ މިވަގުތު އެވަޓަންއަށް އުފުލޭނެ އަގެވެ. ޓްރާންސްފާ މާކެޓްގައި އުމްޓީޓީ އަކީ 12 މިލިއަން ޔޫރޯ އެވެ.