ހަބަރު

އިކޮނޮމިކް ކައުންސިލްގެ ކޯޗެއާ ކަމުން ނައިބު ރައީސް ވަކިކޮށްފި

Oct 20, 2015
1
ރައީސް އާއި ނައިބު ރައީސް: އިކްނޮމިކް ކައުންސިލްގެ ކޯޗެއާ ކަމުން މިއަދު ވަނީ އަދީބު ވަކި ކުރައްވާފައި -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ކެބިނެޓްގެ އިކޮނޮމިކް ކައުންސިލްގެ ކޯޗެއާގެ މަގާމުން ނައިބު ރައީސް އަހުމަދު އަދީބު މިއަދު ވަކިކޮށްފި އެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު އަވަސް އަށް މިއަަދު އެކަން ޔަގީންކޮށްދިނެވެ. އެބޭފުޅާ ވިދާޅުވީ ރައީސް އެ ނިންމެވުން ނިންމެވީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ކަމަށެވެ. ސަބަބެއް ވިދާޅެއްނުވެ އެވެ.

ރައީސް އޮފީހުގެ ސްޕޯކްސްޕާސަންއާ ސުވާލު ކުރުމުން ވިދާޅުވީ އެކަމުގެ އަދި ކޮމެންޓެއް ދެވެން ނެތް ކަމަށެވެ. އެކަން ދޮގެއް ވެސް އަދި ތެދެއް ވެސް ނުކުރައްވަ އެވެ.

އިކޮނޮމިކް ކައުންސިލަކީ އިގްތިސާދީ އެކި ކަންކަމުގައި ގޮތްތައް ނިންމުމަށް ރައީސް ކެބިނެޓްގެ ދަށުން އެކުލަވާލައްވާފައިވާ މިނިސްޓަރުންގެ ކައުންސިލެކެވެ. އެ ކައުންސިލް މިހާތަނަށް ހިންގަވަމުން ގެންދެވީ ނައިބު ރައީސް އަހުމަދު އަދީބެވެ. އަދީބަކީ އެސްއީޒެޑް ބޯޑްގެ ވެސް ޗެއާ އެވެ. 

ދެން އޮންނަނީ ސޯޝަލް ކައުންސިލެވެ. އެ ކައުންސިލުން ކުރިއަށް ގެންދަނީ ރާއްޖޭގެ ސިއްހީ ދާއިރާ އާއި އެހެން ވެސް އިޖުތިމާއީ ކަންކަން ރޭވުމެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910