ކޯޓަށް މީހުން ހާޒިރުކޮށްގެން ކާވެނި ކޮށް ދޭން ފަށާ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކާވެނި ކޮށް ދިނުން ހުއްޓާލައިފި އެވެ.
ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ކޯޓަށް މީހުން ހާޒިރުކޮށްގެން ކާވެނި ކުރުމާއި ކޯޓުން ބޭރުގައި ކައިވެނި ކޮށް ދިނުން ފެމެލީ ކޯޓުން ވަނީ ހުއްޓާލާފައެވެ. މިދިޔަ ދުވަސްތަކުގައި ކައިވެނި ކޮށް ދެމުން ގެންދިޔައީ އޮންލައިން ކޮށެވެ.
ފެމިލީ ކޯޓުން މިއަދު ބުނީ ކޯޓަށް މީހުން ހާޒިރުކޮށްގެން ކާވެނި ކޮށް ދޭން ފަށާ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކާވެނި ކޮށް ދިނުން ހުއްޓާލާފައިވާ ކަމަށެވެ. އަދި ކޯޓުން ބޭރުގައި ކާވެނީގެ މަޖިލިސް ބޭއްވޭނެ އިންތިޒާމުތައް ހަމަޖައްސާ މީހުންނަށް ކޯޓުން ބޭރުގައި ކާވެނި ކޮށްދިނުމުގެ ކަންކަން ހަމަޖެހިފައިވާ ކަމަށެވެ.
ނަމަވެސް މި ދުވަސްވަރު ކޯޓުން ބޭރުގައި ކާވެނި ކޮށްދިނުމުގެ ހުއްދަ ދެވޭނީ ކޯޓުން ކަނޑައަޅާ އުސޫލާއި އެޗްޕީއޭ އިން ނެރެފައިވާ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މިގޮތުން ކާވެނީގެ މަޖްލިސް ބާއްވާ ތަން އެފަދަ މަޖްލިހެއް ބޭއްވުމަށް އެކަށީގެންވާ ގޮތަށް، އިމާރާތުގެ ގްރައުންޑް ފްލޯގައި ހަދާފައި ހުންނަ މީހުން ދިރިނޫޅޭ ތަނަކަށް ވާން ޖެހޭނެ ކަމަށް ފެމިލީ ކޯޓުން ބުންޏެވެ.