ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ އާއިލާއިން ސްކޫލަކަށް ކޮމްޕިއުޓަރު ހަދިޔާކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ އައިލާއިން ޅ. ނައިފަރު މަދަރުސަތުލް އިފްތިތާހަށް ކޮމްޕިއުޓަރު ހަދިޔާކޮށްފި އެވެ.

ރަައީސްގެ އާއިލާ އިން މިދިޔަ ބުރާސްފަތި ދުވަހު އެ ސުކޫލަށް ހަދިޔާކުރީ ނުވަ ކޮންޕިއުޓަރެވެ.

ޅ. ހިންނަވަރަށް ނިސްބަތްވާ ރައީސްގެ އާއިލާއިން ކޮމްޕިއުޓަރު ހަދިޔާ ކުރީ އެބޭފުޅުންގެ ބައްޕަ -- މުހައްމަދު ސޯލިހުގެ ހަނދާނުގަ އެވެ.

އިފްތިތާހްގެ ޕްރިންސިޕަލް ވިދާޅުވީ ހަދިޔާ ކުރެއްވި ކޮމްޕިއުޓަރުތައް ބޭނުންކުރާނީ މުދައްރިސުންގެ ބޭނުންތަކަށް ކަމަށެވެ. އަދި މި އެހީއަށްޓަކައި ސްކޫލުގެ މެނޭޖްމަންޓާއި، މުދައްރިސުންނާއި ދަރިވަރުންގެ ނަމުގައި ޝުކުރު އަދާ ކޮށްފައިވެ އެވެ.

މި އަހަރުގެ ދިރާސީ އާ އަަހަރު މާދަމާ ފެށޭއިރު އިފްތިތާހުގައި 536 ދަރިވަރުން ކިޔަވާނެ އެވެ. މި ސްކޫލަކީ ގްރޭޑް 11 އާއި ހަމައަށް ކިޔަވައިދެމުންދާ ސްކޫލެކެވެ.