ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ނައިފަރުގެ މައުލޫމާތު ހިމެނޭ ފޮތެއް ރައީސްއަށް ހަދިޔާކުރައްވައިފި

Jun 30, 2022

ގިނަ ފޮތްތަކެއް ލިޔުއްވާފައިވާ މުހައްމަދު އިސްމާއިލްފުޅު (ފުޅު) އެންމެ ފަހުން ލިޔުއްވި "ނައިފަރު އަދި ރަށްފުށުގެ ބައެއް އާދަކާދަ" ފޮތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ހަދިޔާ ކުރައްވައިފި އެވެ.

ފުޅު މި ފޮތް ހަދިޔާކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ރައީސް ސޯލިހާ ބައްދަލުކުރެއްވުމަށްފަހު އެވެ.

މިބައްދަލުވުމުގައި ރައީސް ސޯލިހް ވަނީ މި ފޮތަކީ ނައިފަރާ އަދި ރާއްޖޭގެ އެހެން ރަށްރަށާވެސް ގުޅޭ ގިނަ މައުލޫމާތުތަކެއް ހިމެނޭ ވަރަށް ބޭނުންތެރި ފޮތެއްކަން ފާހަގަކުރައްވައި މި ފޮތުގެ މުސައްނިފް -- ފުޅަށް ހިތްވަރު ދެއްވާފަ އެވެ.

މި ފޮތުގައި ނައިފަރާއި އަދި ރަށްފުށުގައި ދިވެހިންގެ ތެރޭގައި ކުރީގައި ހުރި ބައެއް އާދަކާދަތަކަށް ލިޔުއްވާފައިވެ އެވެ. އަދި ބައެއް އާދަކާދަތައް ފެށިގެން އައި ގޮތާއި އެކަންކަން ފަހުން ބަދަލުވެގެން ދިޔަގޮތުގެ މައްޗަށް ވެސް ބައެއް މައުލޫމާތު ފޮތުގައި ހިމަނުއްވާފައިވެ އެވެ.

ސިއްހީ ދާއިރާ އަށް ވަރަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ މުހައްމަދު އިސްމާއިލްފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ޅ. އަތޮޅު މެންބަރު ކަންވެސް ކުރެއްވެވި ބޭފުޅެކެވެ.