ޗެމްޕިއަންސް ލީގް

އަލިސަންއަށް އަނިޔާ، ޖޯންސް ލިވަޕޫލް މޮޅުކޮށްދީފި

ލިވަޕޫލްގެ ގޯލްކީޕަރު އަލިސަން ބެކާ އަނިޔާ ވުމުން ޒުވާން ކީޕަރު ކެލްހާ ފުރުސަތު ދިން މެޗުގައި ޒުވާން ކާޓިސް ޖޯންސް ކާމިޔާބު ކުރި ލަނޑުން އަޔެކްސް ބަލިކޮށް ލިވަޕޫލް ގުރޫޕްގެ އެއް ވަނައިގައި ދެ ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

އަލިސަން އަށް އަނިޔާވީ މެޗަށް ތައްޔާރު ވުމަށް ކުރި ފައިނަލް ޕްރެކްޓިހުގަ އެވެ. ދެ ވަނަ ކީޕަރު އެޑްރިއަން ފުރުސަތު ދިނުމުގެ ބަދަލުގައި ޔާގަން ކްލޮޕް އިހްތިޔާރު ކުރީ ރިޕަބްލިކް އޮފް އަޔަލޭންޑްގެ 21 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކީޕަރެ ކެލްހާ އެވެ.

ލަނޑެއް ވަނަ ނުދީ ކެލްހާ މެޗު ނިންމާލުމުން ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ހުރީ ހިތްހަމަ ޖެހިފަ އެވެ.

"ކެލްހާ އޭނާ ވަނީ ވަރަށް ރަނގަޅު މަސައްކަތެއް ފުރިހަމަ ކޮށްފަ،" މެޗަށް ފަހު ވާހަކަ ދައްކަމުން ކްލޮޕް ބުންޏެވެ. "އަހަރެން ވަރަށް ހިތްހަމަ ޖެހުނު އޭނާ ދެއްކި ކުޅުމުން އަދި އޭނާ ވަރަށް ހަމަޖެހިގެން ހުރުމުން."

މެޗުގެ 58 ވަނަ މިނެޓްގައި ޖޯންސް ލަނޑު ކާމިޔާބު ކޮށް ލިވަޕޫލަށް ލީޑް ނަގައިދިނެވެ. އެ ލަނޑަކީ ޗެމްޕިއަންސް ލީގްގައި ޖޯންސް، 19 ކާމިޔާބު ކުރި ފުރަތަމަ ލަނޑެވެ.

ލިވަޕޫލް ހިމެނޭ ގުރޫޕްގައި އެޓަލާންޓާ އާއި މިޖްލޭންޑް ކުޅުނު މެޗު ނިމުނީ 1-1 ން އެއްވަރު ވެގެންނެވެ. ރޭ މެންޗެސްޓާ ސިޓީ ޕޯޓާ ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެވެ.