ވިޔަފާރި

ހުޅުމާލޭގައި ކްރޫޒްލައިން ޓާމިނަލެއް އަޅާނެ ބަޔަކު ހޯދަނީ

Dec 3, 2020
1

ހުޅުމާލޭގައި ކްރޫޒްލައިން ޓާމިނަލެއް އަޅާނެ ބަޔަކު ހޯދަން އަނެއްކާ ވެސް، ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިއުލާނު ކޮށްފި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ކުރީކޮޅު ވެސް މި މަސައްކަތް ފެށުމުގެ ގޮތުން ދެވަނަ ފިޔަވައްސަށް ވާގޮތަށް ބޭރު ތޮށި ހިއްކައި އެތަން ތަރައްގީ ކުރި އެވެ. ނަމަވެސް އެ ވެރިކަން ނިމިގެން ދިޔައިރު ވެސް ކްރޫޒްލައިން ޓާމިނަލް އަޅަން ފެށޭ ގޮތް އޮތީ ނުވެފަ އެވެ.

އެޗްޑީސީ އިން މި ފަހަރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކްރޫޒް ޓާމިނަލްއަކާއި ޔޮޓް މެރީނާއެއް ހަދަން ޝައުގުވެރިވާ ފަރާތް ތަކަށް ކޮށްފައިވާ އިއުލާނުގައި ބުނީ، މި މަސައްކަތް ކޮށްދޭން ޝައުގުވެރިވާ ފަރާތް ތަކަށް ޝައުގުވެރިކަން ފާޅު ކުރުމުގެ ފުރުސަތު މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ.

ރާއްޖެއަކީ ކްރޫޒްލައިން ސީޒަންއާ ދިމާކޮށް ގިނަ އަދަދެއްގެ އުޅަނދު އަންނަ ގައުމެވެ. ނަމަވެސް މި އުޅަނދު ފަހަރަށް ރަނގަޅު ފެންވަރުގެ ހިދުމަތް ނުދެވުމުގެ ޝަކުވާ އަބަދު ވެސް ކުރެ އެވެ.

މި ސަރުކާރުން ވަނީ މި މައްސަލަ ހައްލު ކޮށްދޭނެ ކަމަށް ކުރިން ބުނެފަ އެވެ. އަދި ޓާމިނަލްއެއް އެޅުމުގެ ނަމުގައި މަސްވެރިންގެ ޕާކު ސަރަހައްދުގައި އަޅާފައި ވަނީ ފާހާނާ ބަރިއެކެވެ.