ކިންގް ސަލްމާން މިސްކިތް ހުޅުވަން ސައުދީ ސައުދީ ސަރުކާރާއެކު ވާހަކަ ދައްކަމުން އަންނަ ކަަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން މިއަދު ބުނީ ސަލްމާން ރަސްގެފާނު މިސްކިތުގެ ކޮންޓްރެކްޓްގައި ހިމެނޭ ހުރިހާ މަސައްކަތްތަށް ކޮށް މިހާރު ވަނީ ނިމިފަ އެވެ. އަދި ބުނީ ކޮވިޑް-19 އިގެ ހާލަތު ރާއްޖެއަށް ދިމާވިއިރު ސަރުކާރުން ދިޔައީ އެ މިސްކިތް ހުޅުވުމުގެ އިންތިޒާމްތަށް ހަމަޖެއްސުމާއި ގުޅޭ ގޮތުން ސައުދީ ސަރުކާރާ ވާހަކަ ދައްކަމުން ކަމަށެވެ.
މިއަދު އެ މިނިސްޓްރީން ބުނި ގޮތުގައި މިދިއަ މާޗް މަހުގައި މިސްކިތް ހުޅުވުމަށް ރާވައި މަސައްކަތް ކުރި އެވެ. ނަމަވެސް ކޮވިޑް-19 އިގެ ހާލަތާ ގުޅިގެން ލަސްކޮށްފައި އޮތީ އެވެ.
އަދި މިހާރު އިސްލާމިކް މިނިސްޓްރީން މިދިއަ ނޮވެމްބަރު މަހުގެ މެދުތެރޭގައި ބުނި ގޮތަށް ސަލްމާން މިސްކިތް ހުޅުވާނެ އާ ތާރީހެއް ކަނޑައަޅަން ފޮރިން މިނިސްޓްރީއާ ގުޅިގެން ސައުދީ ސަރުކާރާ ދަނީ ވާހަކަ ދައްކަމުންނެވެ.
މި މިސްކިތް ހުޅުވުން ލަސްވެފައިވާތީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔުން ތައް އަމާޒުވެފައި ވެއެވެ.