ޖޭއެސްސީ

ސިވިލް ކޯޓްގެ ގާޒީ އަލީ އަބްދުﷲގެ މައްސަލަ ބަލަނީ

ސިވިލް ކޯޓްގެ ގާޒީ އަލީ އަބްދުﷲގެ މައްސަލައެއް ބަލަން ނިންމާ ތަހުގީގު ކޮމެޓީ އެކުލަވާލައިފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނީ އެ ކޮމިޝަންގެ 91 ވަނަ ބައްދަލްވުމުގައި ދެ ފަނޑިޔާރެއްގެ މައްސަލަ ބެލުމަށް ނިންމާ ތަހުގީގު ކޮމެޓީ އެކުލަވާލާފައިވާ ކަމަށެވެ. ޖޭއެސްސީން ބަލަނީ ސިވިލް ކޯޓްގެ ގާޒީ އަލީ އަބްދުﷲގެ މައްސަލައެއްގެ އިތުރުން ގއ. ޖުޑީޝަލް ދާއިރާ ހިންގުމާއި ހަވާލުވެ ހުންނެވި މެޖިސްޓްރޭޓް އިބްރާހިމް އިހުސާންގެ މައްސަލައެކެވެ.

ގާޒީ އަލީ އަބްދުﷲގެ ބަލަނީ ވަގުތީ އަމުރެއް ނެރެދިނުމަށް އެދ ސިިވިލް ކޯޓަށް ހުށައެޅެނު މައްސަލައެއްގައި ވަގުތީ އަމުރާމެދު ގޮތެއް ނުނިންމާ އެކަށީގެންނުވާ މިންވަރަށް ލަސްކޮށްފައިވާ ކަމަށް ބުނާ މައްސަލައެކެވެ. ގއ. ޖުޑީޝަލް ދާއިރާ ހިންގުމާއި ހަވާލުވެ ހުންނެވި މެޖިސްޓްރޭޓް އިބްރާހިމް އިހުސާންގެ ބަލަނީ ގއ. ވިލިގިލީ މެޖިސްޓްރޭޓް ކޯޓަށް ހުށައެޅުނު މައްސަލައެއްގައި ޝަރީއަތް ކުރިއަށް ގެންދިއުމުގައި ގާނޫނާއި ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ބުނެއެވެ.