ޓެރަރިޒަމާއި ހަރުކަށި ފިކުރަކީ މުޅި ދުނިޔެއަށްވެސް އޮތް ބޮޑު ގޮންޖެހުމަކަށްވީއިރު އެ ގޮންޖެހުން އަރައިގަތުމަށް ދޭދޭ ގައުމުތަކުން މިހާރަށްވުރެ ބޮޑަށް އިންޓެލިޖަންސް ހިއްސާކޮށް ގުޅިގެން މަސައްކަތް ކުރުން މުހިންމު ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
އެކަމަނާ މިހެން ވިދާޅުވީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ މެރިންސް އާ ގުޅިގެން، އިނގިރޭސިވިލާތުގެ އަސްކަރިއްޔާއިން ހިންގި ކައުންޓާ ޓެރަރިސްޓް ކްލޯސް ކުއާޓާ ބެޓަލް ކޯސް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
މިއަދު ހަވީރު ލ. ކައްދޫގައި ހުންނަ އެމްއެންޑީއެފްގެ ސެންޓްރަލް އޭރިޔާ ކޮމާންޑްގެ މައި މަރުކަޒުގައި ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މާރިޔާޓެރަރިޒަމާއި ހަރުކަށި ފިކުރަކީ ފިކުރު ފެތުރުން ހުއްޓުވުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. ސަރުކާރުން އެކުލަވާލައްވާފައިވާ ނޭޝަނަލް ޓެރަރިޒަމް ރެސްޕޮންސް ޕްލޭނުގެ ދަށުން ޒަރޫރީ ހާލަތެއްގައި ލީތަލް ރެސްޕޮންސް ނުވަތަ ހަތިޔާރާ އެކީ ކުރިމަތިލުމުގެ ބާރު މިހާރު ސިފައިންނަށް ދީފައިވާ ކަމަަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ޓެރަރިޒަމާއި ހަރުކަށި ފިކުރަކީ މުޅި ދުނިޔެއަށްވެސް އޮތް ބޮޑު ގޮންޖެހުމަކަށްވީއިރު އެ ގޮންޖެހުން އަރައިގަތުމަށް ދޭދޭ ގައުމުތަކުން މިހާރަށްވުރެ ބޮޑަށް އިންޓެލިޖަންސް ހިއްސާކޮށް ގުޅިގެން މަސައްކަތް ކުރުން މުހިންމު ކަމަށެވެ. ރާއްޖެ އަކީ ފަތުރުވެރި ކަމަށް ބަރޯސާ ގައުމެއް ކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށާއި ދިވެހި ރައްޔިތުންނަށް އަމާން ސުލްހަވެރި ވެށްޓެއް ކަށަވަރު ކޮށްދީ އެކަން އޮތް ޖީލުތަކަށް ވާސިލްކޮށްދިމަށް ކުރެވޭ މަސައްކަތުގައި މިއަދު ނިމުނު ކޯސް މުހިންމު ދައުރެއް އަދާ ކުރާ ކަމަށެވެ. އަދި ދިފާއީ ގޮތުންނާއި ސަލާމަތީ ރޮނގުން ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު އޮތް ގުޅުމުގައި އާ ބާބެއް މި ތަމްރީންތަކުން ހުޅުވިގެން ގޮސްފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.