ވިޔަފާރި

ޖީއެސްޓީ ގާނޫނަށް އިސްލާހު ފޮނުވަން ފުރުސަތު ދީފި

Dec 4, 2020
3

މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ނުވަތަ ގުޑްސް އެންޑް ސާވިސަސް ޓެކްސް (ޖީއެސްޓީ) ގާނޫނަށް ގެންނަން ބޭނުންވާ އިސްލާހު ފޮނުވަން ފުރުސަތު ހުޅުވާލައިފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ރާއްޖޭގެ ޓެކުހުގެ ނިޒާމަކީ ދެ ފުށް ފެންނަ ހަމަހަމަ އުސޫލުތަކެއްގެ މައްޗަށް ބިނާވެފައިވާ ނިޒާމަކަށް މި ނިޒާމު ބައިނަލް އަގުވާމީ ގޮތުން ގަބޫލު ކުރާ މިންގަނޑުތަކާ އެއް ހަމައެއްގައި ހުރި ނިޒާމަކަށް ހަދަން ސަރުކާރުން ބޭނުންވާ ކަމަށެވެ.

އެހެންވެ ޖީއެސްޓީ ގާނޫނު އިސްލާހު ކުރުމަށް ބޭނުންވާތީ، ގެންނަން ބޭނުންވާ އިސްލާހު ތަކަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ޖީއެސްޓީ ގާނޫނަށް ގެންނަ ބޭނުންވާ އިސްލާހުތަކުގެ މައުލޫމާތު ފޮނުވަން ޖެހެނީ މިމަހުގެ 31 ވަނަ ދުވަހުގެ ކުރިން ފިނޭންސް މިނިސްޓްރީ އަށެވެ. އެ މިނިސްޓްރީގެ ޓެކްސް ޕޮލިސީ ޑިޕާޓްމަންޓަށް އިސްލާހު ފޮނުވަން ޖެހެނީ ޕީޑީއެފް ކޮޕީ އަކާއެކު ވޯޑް ޑޮކިއުމެންޓެއްގަ އެވެ.

ރާއްޖޭގެ ޓެކްސް ނިޒާމު އިސްލާހުކޮށް އިތުރަށް ވަރުގަދަ ކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ. މި ވައުދުގެ ދަށުން މިހާތަނަށް ޓެކްސް ނިޒާމު ހަރުދަނާ ކުރަން ބައެއް މަސައްކަތްތައް ކޮށްފައިވެ އެވެ.