ހަބަރު

ސިފައިންނަށް ހަ ސީއެމްބިއުލާންސް ހޯދަނީ

Dec 4, 2020

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ބޭނުމަށް ހަ ސީ އެމްބިއުލާންސް ފޯރުކޮށްދޭނެ ބަޔަކު ހޯދަން ފަށައިފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ޑިފެންސްގެ މިނިސްޓްރީގެ އެދުމަށް ހަ ސީ އެމްބިއުލާންސް ސަޕްލައިކޮށް ޑެލިވަރީ ކޮށްދޭނެ ބަޔަކު ހޯދަން އޮގަސްޓް މަހު ކުރި އިއުލާނު ބާތިލުކޮށް، ޝަރުތުހަމަވާ، އެކަށީގެންވާ ތަޖުރިބާ ހުރި، އަދި މިފަދަ މަސައްކަތެއް ކުރުމުގެ ގާބިލުކަން ލިބިފައިވާ ފަރާތްތަކަށް އަލުން ހުޅުވާލާ ކަމަށެވެ.

މި މަސައްކަތަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އެންސީބީ) އުސޫލުގެ މަތިންނެވެ. ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ހިމަނާނެ އެވެ.

މި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 80,000ރ ދައްކަން ޖެހެ އެވެ.