ދުނިޔެ

މެކްރޮންގެ ކިބައިން ޕްރާސް ސަލާމަތްވާނެ ކަމަށް އުންމީދުކުރަން: އުރުދުޣާން

ފްރާންސްގެ ރައީސް، އިމަނުއެލް މެކްރޮންއަކީ އެ ގައުމަށް ދިމާވެފައި ހުރި މުސީބާތެއް ކަމަށް، ތުރުކީގެ ރައީސް، ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ. އުރުދުޣާން ވިދާޅުވީ، މެކްރޮންގެ ކިބައިން ޕްރާންސް ސަލާމަތްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އިސްތަންބޫލްގައި ވާހަކަދައްކަވަމުން އުރުދުޣާން ވިދާޅުވީ، މެކްރޮންގެ ޒައާމަތުގައި ފްރާސް ތަޖުރިބާކުރަނީ ނުރައްކާތެރި ދުވަސްތަކެއް ކަމަށެވެ.

"އުންމީދަކީ މެކްރޮންގެ ކިބައިން ވީހާ ވެސް އަވަހަކަށް ފްރާންސް ސަލާމަތްވުން،" އުރުދުޣާން ވިދާޅުވި އެވެ. "އެހެން ނޫނީ 'ޔެލޯ ވެސްޓް' ހަރަކާތްތަކުން ދުވަހަކު ވެސް ސަލާމަތްނުވާނެ" ޔެލޯ ވެސްޓް ހަރަކާތް ފެށުނީ ތެލާއި ހަކަތައި އަަގު ބޮޑުވުމާ ގުޅިގެންނެވެ. އެހެން ނަމަވެސް، ނަސްލީ ތަފާރުކުރުން އަދި އިޖްތިމާއީ ފަރަގުކުރުމާ ދެކޮޅު އަމަލުތައް ވެސް މިހާރު ހިމިނަނީ ޔެލޯ ވެސްޓް ހަރަކަތްތަކުގެ ތެރޭގަ އެވެ.

ފްރާންސްގައި އޮތީ ދުނިޔެ ސުލްހަކުރެވޭ ވަރުގެ ޒަމާމަތެއް ނޫން ކަމަށް ވިދާޅުވަމުން އުރުދުޣާން ވިދާޅުވި ގޮތުގައި ފްރާންސުން އިސްކުރާތީ ފެންނަނީ އަމިއްލަ މަސްލަހަތު ކަމަށެވެ. އަޒަރުބައިޖާން އަށް ނަގޯނޯ ކަރަބާޚް ހޯދައިދިނުމަށް ކުރި މަސައްކަތުން ވެސް އެކަން ސާބިތުވާ ކަމަށް އުރުދުޣާން ވިދާޅުވި އެވެ. މި މަސައްކަތުގައި މުޅި ދުނިޔެ އަޒުބައިޖާނަށް ބައިއެޅިއިރު، ފްރާންސް ބައިވެރިވީ އަރުމޭނިއަނުންނާ އެވެ.