ކަނޑުމަތީގެ ހާދިސާ

އާގުބޯޓެއްގައި އޮތް ބަލި މީހަކު ގަމަށް ބާލައިފި

Dec 6, 2020
1

ބޭރުގެ އާގުބޯޓެއްގައި އޮތް ބަލިމީހަކު ދިވެހި ސިފައިންގެ އެހީތެރި ކަމާއެކު ލ. ގަމަށް ބާލައިފި އެވެ.

ތުރުކީއިން ފުރައިގެން އޮސްޓްރޭލިއާއަށް ދަތުރުކުރަމުން ދިޔަ އެ އާގު ބޯޓާ ބެހޭ ގޮތުން ސިފައިންގެއިން ބުނީ އެ ބޯޓުގައި އޮތް ބަލިމީހަކު މިއަދު ހެނދުނު ގަމަށް ގެންގޮސްދީފައިވާ ކަމަށެވެ.

"މޭސޯރާ" ނަމަކަށް ކިޔާ އެ ބޯޓުން ބަލިވެ ހާލު ދެރަވީ ފިލިޕީންސްގެ އުމުރުން 40 އަހަރުގެ ފިރިހެނެކެވެ. އޭނާއަކީ ބޯޓުގެ ފަޅުވެރިއެކެވެ. އޭނާ ގަމަށް ގެންދިޔައީ ބޮލަށް ގެއްލުން ލިބި ހާލު ދެރަވެގެނެވެ.

ހުއްދައާއެކު ބޯޓް ގާ 30 ނޯޓިކަލް މޭލަށް ކައިރި ކުރުމުން އެ މިހާ ގަމަށް ބާލައި މިހާރު ވަނީ ފަރުވާ ދޭން ފަށާފަ އެވެ. މި ބޯޓަކީ ރާއްޖޭގެ ހުޅަނގުން 150 ނޯޓިކަލް މޭލު ބޭރުން ދަތުރު ކުރަމުންދިޔަ އާގުބޯޓެކެވެ.