ކުޅިވަރު

އިންޓަ އާއި ޔުވެންޓަސް ގަދަ ތިނަކަށް

ޓޮރިނޯގެ މައްޗަށް ފަހަތުން އަރައި 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް ގަދަ ތިނެއްގެ ތެރެއަށް ޖެހިލަިއފި އެވެ.

ބޮލަންޏާގެ މައްޗަށް 3-1 ން މޮޅުވެ އިންޓަ މިލާން ވަނީ ދެ ވަނަ މާގަމަށް ޖެހިލާފަ އެވެ. ސެރީ އޭ ގެ އެއް ވަނަ މަގާމު އޮތީ ލީގްގެ އެއް ވެސް މެޗަކުން މިހާތަނަށް ބަލި ނުވެ އޮތް އެސީ މިލަން އެވެ.

މެޗުގެ ފަހު 15 މިނެޓާ ހަމައަށް ދިޔައިރުވެސް ޔުވެންޓަސް އޮތީ 1-0 ގެ ޑެފިސިޓެއްގަ އެވެ. މެޗުގެ ނުވަ ވަނަ މިނެޓްގައި ނިކޮލަސް ނަކޮލޫ ޓޮރިނޯއަށް ލީޑް ނަގައިދިނެވެ. ޔުވެންޓަސް އަށް ނަތީޖާ ބަދަލު ކުރެވުނީ ގެނައި ބަދަލުތަކުންނެވެ. ޔުވެންޓަސް އަށް މެވުގެ ނަތީޖާ ހަމަހަމަ ކޮށްދިން ވެސްޓެންސަން މެކެނީ ކުޅެން ނުކުތީ މެޗުގެ 71 ވަނަ މިނެޓްގަ އެވެ. އޭނާ ވަނީ އޭގެ ހަ މިނެޓް ފަހުން ޔުވެންޓަސް އަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. ޔުވެންޓަސް މޮޅުކޮށް ދިން ލަނޑު މެޗުގެ 89 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ލިއޮނާޑޯ ބަނޫޗީ އެވެ.

ބޮލަންޏާ އާ ދެކޮޅަށް އިންޓަމިލާން ކުޅުނު މެޗުގައި އަޝްރަފް ހަކީމީ ދެ ލަނޑު ޖެހި އެވެ. ރޭގެ މެޗުގައި އިންޓަގެ ކޯޗް އެންޓޯނިއޯ ކޮންޓޭ ކުޅުވީ 3-5-2 ގެ ފޯމޭޝަނެވެ. ތިން ސެންޓްރަލް ޑިފެންޑަރުން ކުޅުވި މެޗުގައި ރައިޓް ބެކް ހަކީމީ އާއި ލެފްޓް ބެކް އީވާން ޕެރިސިޗް އަށް ދިނީ ވިންގް ރޯލެވެ. އެހެންވެ ދެ ވިންގު ކުޅުންތެރިންގެ ދައުރު ހަމަލަތާ ކުގައި ގިނައިން ފެނިގެން ދިޔަ އެވެ.

ރޮމެލޫ ލުކާކޫ އިންޓައަށް މެޗުގެ 16 ވަނަ މިނެޓްގައި ލީޑް ނަގައިދިނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ހަކީމީ އިންޓައަށް ދެ ވަނަ ލަނޑު ކާމިޔާބު ކޮށްދިނެވެ. ހަކީމީގެ ތިން ވަނަ ލަނޑު ކާމިޔާބު ކުރީ 70 ވަނަ މިނެޓްގަ އެވެ.