ދުނިޔެ

ޖަޕާނުން ރިޔޫގޫ ގިނަހިލައިން ސާމްޕަލް ބިމަށް ގެނެސްފި

ރިޔޫގޫ ނަމަކަށް ކިޔާ ގިނިހިލައަކުން ސާމްޕަލް ބިމަށް ގެނެސްފި އެވެ. ޖަޕާންގެ ޖައްވީ އިދާރާ، ޖަޕަނީޒް އޭރޮސްޕޭސް އެކްސްޕްލޮރޭޝަން އޭޖެންސީ (ޖަކްސާ) އިން މިކަން ކަށަވަރު ކޮށްދެ އެވެ. ޖަކްސާއިން ކުރި މި މަސައްކަތުގައި ސާމްޕަލް ނަގަން ގިނިހިލަ އަށް ފޮނުވި އުޅަނދަކީ ހަޔަބޫސާ2 އެވެ.

ޖަސްކާއިން ބުނީ ސާމްޕަލް ހިފައިގެން ބިމަށް އައި ކެޕްސޫލް ވެއްޓުނީ އޮސްޓްރޭލިއާގެ ސަހަރާއަށް ކަމަށެވެ. ސައިންސްވެރިން އުންމީދު ކުރަނީ މި ސާމްޕަލަކީ ސައިންސަން އުނގަނައިދޭނެ ވަސީލަތަކަށް ވާނެ ކަމަށެވެ. ސޯލާ ސިސްޓަމާއި ދުނިޔޭގައި ދިރުމާބެހޭ ގޮތުން ދަސްވާނެ ކަމަށެވެ.

ހަޔަބޫސާ2 ބިމުން ފުރައި ގިނަހިލައަށް މިސްރާބު ޖެހީ 2014 އިގަ އެވެ. ގިނިހިލައަށް ވާސިލްވެވުނީ ހަތަރު އަހަރުންނެވެ. މި ދަތުރުގައި ހަޔަބޫސާ2 ފަސްބިލިއަން ކިލޯމީޓަރު ކަޑަތުކޮށްފައިވާ ކަމަށް ޖަކްސާ ބުނެ އެވެ.

ހަޔަބޫސާ2 އެނބުރި ބިމަށް އައި މަގުމަތިގައި 220،000 ކިލޯމީޓަރު މަތިން ސާމްޕަލް ކެޕްސޫލް ވަނީ ދޫކޮށްލާފަ އެވެ. އަދި މިސްރާބު ބަދަލުކޮށް އެހެން ގިނިހިލައަކަށް ދިއުމަށް ހަޔާބޫސާ2 ވަނީ ދަތުރު ފަށާފަ އެވެ. އެ ހިސާބަށް ފޯރާނެ ކަމަށް ބެލެވެނީ 10 އަހަރުންނެވެ.

ޖަކްސާއިން ބުނާ ގޮތުގައި، ސާމްޕަލް ކެޕްސޫގައި ހުރި އެތިކޮޅުން އެމެރިކާގެ ސްޕޭސް އޭޖެންސީ، ނާސާއަށް ބައެއް، ޖަކްސާ އަށް ބައެއް އަދި އެހެން އޭޖެންސީތަކަށް އެތިކޮޅެއް ދޭނެ އެވެ. ތާރީހާއި ސަގާފަތަށްޓަކައި ކުޑަ އެތިކޮޅެއް ރައްކާ ކުރާނެ ކަމަށް ވެސް ވެއެވެ.