ބޭރު ކުޅިވަރު

ބަޔާން ބަލިކޮށް، އާސެނަލް ހަމަޖެހިލައިފި

Oct 21, 2015

ބަޔާން މިއުނިކް 2-0 އިން ބަލިކޮށް ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި އާސެނަލް މޮޅެއް ހޯދައިފި އެވެ.

ޖަރުމަނު ލީގުގައި މިހާތަނަށް ކުޅުނު ނުވަ މެޗުން ވެސް މޮޅުވެ ރެކޯޑް ހެދި ބަޔާން ރޭ އާސެނަލް އަތުން ބަލިވީ މެސުޓް އޮޒިލް އާއި އޮލީވިއާ ޖީރޫޑް ޖެހި ގޯލުތަކުންނެވެ.

މިމެޗުން މޮޅުވުމުން އާސެނަލް އޮތީ ތިން މެޗުން ތިން ޕޮއިންޓާއެކު ތިން ވަނާގަ އެވެ. އެއްވަނާގައިވަނީ ހަ ޕޮއިންޓާއެކު ބަޔާން އެވެ. ހަ ޕޮއިންޓް ލިބިގެން ދެ ވަނާގައިވަނީ އޮލިމްޕިއާކޯސް އެވެ. އެ ޓީމު ރޭ މޮޅުވީ ޑީނަމޯ ޒެގްރެބް އަތުން 1-0އިންނެވެ.