ބޭރު ކުޅިވަރު

ގޯލު ނުޖެހެނީ ކޮންފިޑެންސް ނެތުމުން

Oct 21, 2015

މޮރީނިއޯ ޗެލްސީ އަށް ގޯލު ނުޖެހުނީ ކޮންފިޑެންސް ދަށްވުމުން ކަމަށް އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

އޭނާ މިހެން ބުނީ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި ޑީނަމޯ ކިއޭވްއާ ވާދަކޮށް 0-0އިން ރޭ އެއްވަރުވި މެޗަށް ފަހު އެވެ.

"ގޯލެއް ނުޖެހޭނެ އިތުބާރާއި ޔަގީންކަމާއެކު ނުކުޅެންޏާ. އެކަމަކު އަހަރުމެންގެ ޑިފެންސް މިހާޜު ރަނގަޅު. ދެ މެޗު މިދިޔައި ގޯލެއް ނުވަދެ. މެދުތެރެ ވެސް ރަނގަޅު. މިއީ އަމިއްލަ ދަނޑުގައި ކުޅެން ޖެހޭއިރު ވަރަށް މުހިންމު ކަމެއް،" ރޭގެ މެޗަށް ފަހު މޮރީނިއޯ ބުންޏެވެ.

މި މެޗު އެއްވަރުވުމުން ޗެލްސީ އޮތީ ހަތަރު ޕޮއިންޓާއެކު ތިން ވަނާގަ އެވެ. ދެ ވަނާގައިވަނީ ފަސް ޕޮއިންޓާއެކު ޑީނަމޯ އެވެ. ހަތް ޕޮއިންޓާއެކު އެއްވަނާގައިވަނީ މޮރީނިއޯގެ ކުރީގެ ކުލަބު ޕޯޓޯ އެވެ.

ބާސެލޯނާ މޮޅުވުން

ޗެމްޕިއަންސް ލީގުގައި ރޭ ބާސެލޯނާ މޮޅުވީ ބާޓޭ އަތުން 2-0 އިންނެވެ.

މި މެޗުގައި ފެނިގެންދިޔަ ދެ ލަނޑު ވެސް ޖެހީ މިޑްފީލްޑަރު އިވާން ރަކިޓިކެވެ.

މި މޮޅާއެކު ބާސެލޯނާ ގްރޫޕުގެ އެއްވަނާގައިވަނީ ހަތް ޕޮއިންޓާއެކުގަ އެވެ. ދެ ވަނާގައި ބަޔާން ލެވަކޫސަން އޮތީ ހަތަރު ޕޮއިންޓާއެކުގަ އެވެ. ތިން ޕޮއިންޓާއެކު އޮތް ބާޓޭގެ ފަހަތުން ދެ ޕޮއިންޓާއެކު ޓޭބަލުގެ ފުކުގައިވަނީ އިޓަލީގެ ރޯމާ އެވެ. އެ ޓީމު ރޭ ލެވަކޫސަންއާ ވާދަކޮށް އެއްވަރުވީ 4-4އިންނެވެ. މި މެޗުގައި ރޯމާގެ ޑެނިއަލް ޑީރޮސީ ހެޓްރިކް ހެދި އެވެ.