ކުޑަ ބަނޑޮސް

މަލަހިނި ކުޑަ ބަނޑޮހަށް އާ ޖީއެމްއެއް

Dec 8, 2020
3

މާލެ ކައިރީގައި ހިންގާ، މަލަހިނި ކުޑަ ބަނޑޮސްގެ ޖެނެރަލް މެނޭޖަރަކަށް، އީސާ މުހައްމަދު ހަމަޖައްސައިފި އެވެ.

އީސައަކީ ކުޑަ ބަނޑޮހުގައި ގިނަ ދުވަސް ތަކެއް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އޭނާ ފުރަތަމަ އެ ރިސޯޓަށް ގުޅިވަޑައިގެންފައި ވަނީ 2016 ވަނަ އަހަރު ރޫމް ޑިވިޝަން މެނޭޖަރަކަށެވެ. އޭގެ ކުރީން ޝެރެޓަން ފުލް މޫން ރިސޯޓުގެ ރެސިޑެންސް މެނޭޖަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެވި އެވެ.

އީސަ ޓޫރިޒަމް ސެކްޓާގައި މަސައްކަތް ކުރައްވާތާ 20 އަހަރު ވަނީ ވެފަ އެވެ.

މަލަ ހިނި ކުޑަ ބަނޑޮހަކީ ކުރިން މާލެއިން މީހުން ދަތުރު ދާން ބޭނުން ކުރި ރަަށެވެ. ނަމަވެސް މިހާރު އެއީ ފެންވަރު މަތީ ރިސޯޓެކެވެ.