ވިޔަފާރި

ބީއެމްއެލް އިން ދިގު މުއްދަތުގެ ހިދުމަތްތެރިންގެ އަގު ވަޒަންކޮށްފި

Dec 8, 2020

ގައުމީ ބޭންކް، ބީއެމްއެލް އަށް ދިގު މުއްދަތު ހިދުމަތް ކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށް، އެވޯޑު ދީފި އެވެ.

ބީއެމްއެލް އިން ރޭ ބޭއްވި ހަފުލާއެއްގައި އަގު ވަޒަކޮށް ހާއްސަ އެވޯޑުތައް ދީފައިވަނީ އެ ކުންފުންޏަށް 15 އަހަރާއި 20 އަހަރު އަދި 25 އާއި 35 އަހަރު ހިދުމަތްކޮށްފައިވާ މުވައްޒަފުންނަށެވެ. އެ ކުންފުނިން ޖުމުލަ 33 މުވައްޒަފަކަށް އެވޯޑު ދީފައިވެ އެވެ.

އަގު ވަޒަން ކުރި މުވައްޒަފުންގެ ތެރެއިން ދިގު މުއްދަތަށް ހިދުމަތް ކުރުމުގެ އެވޯޑު ލިބިފައިވަނީ 35 އަހަރުގެ މުއްދަތަށް ހިދުމަތްކޮށްފައިވާ، އެ ބޭންކުގެ ހެޑް އޮފް ޕްރޮކިއުމަންޓް މުހައްމަދު އަހުމަދު އާއި ހެޑް އޮފް ޕްރޮޕަޓީސް އެންޑް އެޑް މިނިސްޓްރޭޝަން ހަސަން ޝާމް އަށެވެ. މީގެ އިތުރުން ބޭންކަށް 25 އަހަރު ހިދުމަތް ކޮށްގެން، އެވޯޑު ލިބުނީ ސީނިއާ ޕެރަލީގަލް އަބްދުﷲ ސައީދުގެ އިތުރުން ގަމު ބްރާންޗް މެނޭޖަރު ހާނީމާ ނަސީމް އަށެވެ.

މި ހަފުލާގައި ވާހަކަ ދައްކަވަމުން، ބީއެމްއެލްގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވަނީ އެ ކުންފުނީގައި ހީވާގިކަމާއެކު ދިގު މުއްދަތަކަށް ހިދުމަތް ކޮށްދެއްވާފައިވާ ހުރިހާ މުވައްޒަފުން ނަށް ޝުކުރު އަދާކޮށްފަ އެވެ.

ގައުމީ ބޭންކްއަކީ ދިވެހި ގިނަ ބަޔަކު ވަޒީފާ އަދާ ކުރާ ކުންފުންޏެކެވެ. އެ ކުންފުނީގެ 99 ޕަސެންޓަކީ ދިވެހިންނެވެ. އަދި ސީނިއަ މެނޭޖުމަންޓުގެ ހުރިހާ ޕޯސްޓެއްގައި ވެސް އިސްކޮށް ތިބީ ދިވެހިންނެވެ.