ހަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކުޅިވަރުގެ ޕްރޮގްރާމެއް

Dec 8, 2020
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. -- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
0%
0%
0%

ސްޕޯޓްސް މިނިސްޓްރީ އާއި ސްޕެޝަލް އޮލިމްޕިކްސް ކޮމިޓީ އަދި މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޅިވަރު ކުޅުމުގެ ފުރުސަތުތައް އިތުރުކުރުމަށް ހާއްސަ ޕްރޮގްރާމެއް ފަށައިފި އެވެ.

އެ މިނިސްޓްރީން ބުނީ މި ޕްރޮގްރާމްގައި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ތެރެއިން އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި، ސްވިމިން އެސޯސިއޭޝަން އަދި ބެޑްމިންޓަން އެސޯސިއޭޝަންގެ އިތުރުން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބައިވެރިވެފައިވާ ކަމަށެވެ.

މި ޕްރޮގްރާމް އިފްތިތާހުކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވީ މި ހުޅުވާލެވިގެން ދިޔަ ފުރުސަތުގައި ވީހާވެސް ގިނަ މީހުން ބައިވެރިވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

އަދި ކޮވިޑް-19 އާ ގުޅިގެން މަސައްކަތް ފަށަން ޖެހިފައިވަނީ މާލޭ ސަރަހައްދުގައި ކަމަށާއި ނަމަވެސް ޖާގަ ލިބެމުންދާ މިންވަރަކުން އަތޮޅު ތެރެއަށް ވެސް މި ހަރަކާތް ފުޅާކުރުމަށް ހަމަޖެހިފައިވާ ކަމަށް މަހްލޫފް ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ މި ޕްރޮގްރާމުގައި އެއްވެސް ފައިސާއެއް ނުނަގާނެ ކަމަށާއި މިކަން ކުރުމަށް މިނިސްޓްރީގެ ފަރާތުން ހުރިހާ އެއްބާރުލުމެއް ލިބިގެންދާނެ ކަމަށެވެ.

މައިގަނޑު ހަތަރު ކުޅިވަރެއް މިވަގުތަށް އޮތް ނަމަވެސް އެހެން ކުޅިވަރުތައް ކުޅެން އެދޭ ކުދިންނަށް ވެސް އެ ފުރުސަތު ހޯދައިދެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިއަހަރުގެ ނިޔަލަށް މި ޕްރޮގްރާމްގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ޔޫތު އެކަމަޑޭޝަން ބްލޮކްގައި ހުންނަ ސްޕެޝަލް އޮލިމްޕިކް ކޮމިޓީގެ އޮފީހުންނާއި އޮންލައިންކޮށް ފޯމް ލިބޭނެކަމަށް މިނިސްޓްރީން ބުންޏެވެ.

މި ޕްރޮގްރާމްގައި ރަޖިސްޓްރީވާ ކުދިންގެ ޕްރެކްޓިސްތައް ފެށުމަށް ހަމަޖެހިފައިވަނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ހުއްދަ ލިބުމާއެކު ކަނޑައަޅާ ގައިޑްލައިންތަކެއްގެ ދަށުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910