ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ފިނޭންސް މިނިސްޓްރީގެ ގޮނޑިތައް ބަދަލު ކުރަނީ

Dec 9, 2020
1

ފިނޭންސް މިނިސްޓްރީގެ ގޮނޑިތައް ބަދަލު ކުރާތީ، ގޮނޑި ހޯދަން އިއުލާނު ކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނި ގޮތުގައި އެ މިނިސްޓްރީގެ މުވައްޒަފުންނަށާއި މީޓިން ރޫމަށް ބޭނުންވާ ގޮނޑި ހޯދަން ބޭނުންވާ ކަމަށެވެ. މި މަސައްކަތް ކޮށްދޭން ބޭނުންވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅަން ޖެހެނީ މި މަހުގެ 17 ވަނަ ދުވަހު އެވެ.

ގޮނޑި ހޯދަން އިއުލާނު ކުރި ނަމަވެސް، ބޭނުންވަނީ ކިހާ ގޮނޑިއެއް ކަމެއް ފިނޭންސް މިނިސްޓްރީން ބުނެފައެއް ނުވެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ދައުލަތަށް ލިބޭ އާމްދަނީ ދަށްވެފައިވާތީ ދައުލަތުގެ އެކި ވުޒާރާތަކުން ހަރަދު ކުރުން ފިނޭންސް މިނިސްޓްރީން އަންގައިގެން ވަނީ ކޮންޓްރޯލް ކޮށްފަ އެވެ. ނަމަވެސް އިގްތިސޯދު ރަނގަޅުވުމުގެ "އަލާމާތް" ތަކެއް ފެންނަން ފެށުމާއެކު ބައެއް ހަރަދުތައް ކުރުމުގައި ދަނީ ލުއި ދެމުންނެވެ.