ހަބަރު

ރާއްޖެއާ ޗައިނާގެ މަޝްވަރާތަކެއް މާދަމާ ފަށަނީ

ޑިރެކްޓާ ޖެނެރަލުންގެ ލެވެލްގައި ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާއި ދެމެދު ބާއްްވާ މަޝްވަރާ ބައްދަލުވުމެއް ރާއްޖޭގައި މާދަމާ ބާއްވާނެ އެވެ.

ފޮރީން މިނިސްޓްރީން ބުނީ އެ ބައްދަލުވުމުގައި ރާއްޖެ ލީޑް ކުރައްވާނީ ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކެޓްރީ އަމީން ޖާވިދް ފައިސަލް ކަމަށާއި ޗައިނާއިން އިސްވެ ހުންނަވާނީ އެ ގައުމުގެ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް މރ. ޗެންގް ސޮންގް ކަމަށެވެ.

މާދަމާގެ އެ ބައްދަލުވުމުގައި މަޝްވަރާ ކުރާނީ ދެގައުމުގެ ގުޅުން ބަދަހި ކުރުމަށާއި ކޮވިޑް-19 އާްއި ގުޅޭ ކަންކަމާއި ބެހޭ ގޮތުންނެވެ. އޭގެ ތެރޭގައި ކޮވިޑް-19 އިގެ ސަބަބުން އައި އިގްތިސޯދީ ހީނަރު ކަމުން އަރައި ގަތުމުށް ކުރެވޭނެ މަސައްކަތްތަކާއި، ފަތުރުވެރިކަން ކުރި އެރުވުމާއި އަދި ބައިނަލްއަގުވާމީ ދަތުރު ފަތުރާބެހޭ މަޝްވަރާތައް ހިމެނެ އެވެ.

މިނިސްޓްރީން މިއަދު ބުނީ މި ބައްދުވުމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދި ރަނގަޅު ކުރުމުގައި ދައުރެއް އަދާ ކުރެވޭނެ ކަމަށެވެ.