ޓެކްނޯލޮޖީ

ހިއުންޑޭއިން ރޮބޮޓް ކުއްތާއާއެކު ބޮސްޓަން ޑައިނަމިކްސް ގަނެފި

ސޮފްޓް ބޭންކުން ބޮސްޓަން ޑައިނަމިކްސް ސައުތު ކޮރެއާގެ ހިއުޑޭއަށް ވިއްކާލައިފި އެވެ. އެހެން ކަމުން، ރޮބޮޓް ކުއްތާ، ސްޕޮޓްގެ ބެލެނިވެެރިކަން ވެސް ބަދަލުވީ އެވެ.

ސްޕޮޓަކީ އިންޓަނެޓްގައި ވައްވައް ޖެހުމަށް މަޝްހޫރު ރޮބޮޓް ކުއްތާއެކެވެ. އެސޮރުގެ މަސައްކަތަކީ އިންސާނުންނަށް ކުރަން ދަތިހާ ކަމެކެވެ. ރޮބޮޓް ކުއްތާ އޮޅުކޮށްގެން ގެންގުޅެނީ ބޮސްޓަން ޑައިނަމިކްސް އެވެ.

ސޮފްޓް ބޭންކުން ހިއުންޑޭއާއެކު ފުރަތަމަ މަޝްވަރާކުރީ އެއްބިލިއަން ޑޮލަރަށް ބޮސްޓަން ޑައިނަމިކްސް ވިއްކާލެވޭތޯ އެވެ. އެހެން ނަމަވެސް، ހިއުންޑޭއިން އެއްބަސްވި އަގަކީ 921 މިލިއަން ޑޮލަރެވެ.

ބޮސްޓަން ޑައިނަމިކްސްއިން ސްޕޮޓް ތަމްރީނު ކުރަނީ އެވަގުތަކު ޖެހުނު ކަމެއް ކުރެވޭ ގޮތަށެވެ. އަތްވާ ވާރޭގައި ކޮންމެ މަސައްކަތެއްކުރަން ޖެހުނަސް ރޮބޮޓް ކުއްތާ އޮންނަނީ ހެވިފަ އެވެ.

ހިއުންޑޭއިން ރޮބޮޓް ކުއްތާ ގަތުމަށް ފަހު، ހިއުންޑޭ ކާރުތަކުގައި ރޮބޮޓް ފައިޖަހާނެ އެވެ. ސްޕޮޓް ހިނގާ ގޮތަށް ކާރުތަކަށް ހިނގަން ދަސްކޮށްދޭނެ ކަމަށް ބުނެވެ އެވެ.