ހަބަރު

ސިފައިންގެ ތަމުރީނުތަކެއް ގިރިފުށްޓާއި ކައްދޫގައި

ހަތިޔާރާއެކު ސިފައިންގެ އަސްކަރީ ތަަމްރީނުތަކެއް އަސްކަރީ ކަން ކަމަށް ސިފައިން ހާއްސަ ކޮށްފައިވާ ގިރިފުށްޓާއި މަދަނީ ބޭނުންތަކަށް ބޭނުން ކުރާ މިލިޓަރީ އެއާޕޯޓް، ކައްދޫ އިސްކަންދަރު ވައިގެ ބަނދަރުގައި ގައި ހިންގަން ނިންމައިފި އެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އިން މިއަދު ބުނި ގޮތުގައި ގިރިފުށީ ތަމްރީނުތައް އޮންނާނީ މި މަހުގެ 14 އަދި 15 އަށެވެ. އެ ތަމްރީނުތައް ކުރިއަށް ގެންދާނީ އެ ދެދުވަހުގެ ހަވީރު 6:00 އިން ރޭގަނޑު 9:00 އަށެވެ.

ގިރިފުށީގެ ތަމްރީނުތަކުގައި ބޭނުން ކުރަނީ އޭކޭ ސީރީޒް ރައިފަލެވެ. އަދި ވައިގެ ސަރަހައްދުގެ 100 މީޓަރުގެ އުސްމިނާއި 4100 މީޓަރުގެ ދުރުމިން ބޭނުން ކުރާނެ އެވެ. ވައިގެ ސަރަހައްދު ބޭނުން ކުރާނެ އެންމެ ތިރި މިނަކީ ސީލެވެލެވެ. އަދި ވައިގެ ސަރަހައްދު ބޭނުން ކުރާނެ ޑައިރެކްޝަނަކީ ގިރިފުށީ ރޭންޖުން ހުޅަނގު ދެކުނެވެ.

ކައްދޫގެ ތަމްރީނުތައް ފަށާނީ މިއަދު އެވެ. ދެން އޮންނަނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން މި މަހުގެ 17 އަށެވެ. މި ތަމްރީނުތައް ކުރިއަށް ގެންދާނީ ކޮންމެ ދުވަހެއްގެ ހަވީރު 6:00 އިން ރޭގަނޑު 12:00 އަށެވެ.

ކައްދޫގައި ފިސްތޯލާއި ރައިފަލް އާއި މެޝިންގަން އަދި ފްލޭޔާސް ބޭނުން ކުރާއިރު ވައިގެ ސަރަހައްދުގެ 300 މީޓަރުގެ އުސްމިނާއި 5000 މީޓަރުގެ ދުރުމިން ބޭނުން ކުރާނެ އެވެ.

ސިފައިން ތަމްރީނުތައް ހަދާއިރު އެ ސަރަހައްދުތަކުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވާން ޓްރާންސްޕޯޓް އޮތޯރިޓިން ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.