ހަބަރު

ގިރިފުށީގައި ސިފައިންގެ ތަމުރީނުތަކެއް

ގިރިފުށީގައި ކުރިއަށްދިޔަ ޓްރެއިންއެއްގެ ތެރެއިން: ސިފައިންގެ ތަމުރީނުތަކެއް މިމަހު 27 ހުން 30 އަށް ގިރުފުށީގައި ބޭއްވުމަށް ވަނީހަމަޖެހިފައި -- ފޮޓޯ: އެމްއެންޑީއެފް
50%
0%
50%

ހަތިޔާރާއެކު ސިފައިންގެ އަސްކަރީ ތަަމުރީނު ތަކެއް އަނެއްކާ ވެސް ކ. ގިރިފުށީގައި ހިންގަން ތައްޔާރު ވެއްޖެ އެވެ.

އަސްކަރީ ކަން ކަމަށް ސިފައިން ބޭނުންކުރާ ގިރިފުށީގައި އިއްޔެ އާއި މިއަދު ވެސް ތަމްރީނު ތަކެއް ބާއްވާނެ ކަމަށް ކުރިން އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ. ސިފައިން މިއަދު ބުނީ މި ފަހަރު ފަށާ ތަމްރީންތައް އޮންނާނީ މިމަހުގެ 27 އިން 30 ގެ ނިޔަލަށް ކަމަށެވެ.

އެ ތަމްރީނުތައް ކުރިއަށްދާނީ މިމަހުގެ 27 ވަނަ ދުވަހުގެ އިރުއޮއްސި 6:30 އިން ރޭގަނޑު 10:30 އަށް އަށެވެ. އެހެން ނަމަވެސް 28 އިން 30 އަށް ތަމުރީނުތައް ކުރިއަށް ދާނީ އިރުއޮއްސި 6:30 އިން ރޭގަނޑު 9:00 އަށެވެ.

ސިފައިން ބުނި ގޮތުގައި ގިރިފުށީގައި ބާއްވާ ތަމްރީނުތަކުގައި ބޭނުން ކުރަނީ އޭކޭ ސީރީޒް ރައިފަލެވެ. އަދި ވަޒަން ދަތުރު ކުރާނީ ވައިގެ ސަރަހައްދުގެ 100 މީޓަރުގެ އުސްމިނާއި 4100 މީޓަރުގެ ދުރުމިނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345