ހަބަރު

މަސްތުވާތަކެއްޗާއެކު ހުޅުމާޅެއިން ކުޑަކުއްޖަކު ހައްޔަރުކޮށްފި

Jan 12, 2015

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން ކުޑަ ކުއްޖަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ބޮޑު މީހަކާއެކު 17 އަހަރުގެ ފިރިހެން ކުއްޖާ ހައްޔަރު ކުރީ އިއްޔެ މެންދުރު ފަހު ހުޅުމާލޭ ބީޗް ހަޓް ކައިރިން ކަމަށާއި އެ މީހުންގެ އަތުން ފަސް ރަބަރު ޕެކެޓް ފެނިފައިވަނީ ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

ހައްޔަރު ކުރި ކުޑަކުއްޖާއަކީ މީގެ ކުރިން ވެސް އެކިފަހަރުމަތިން ހައްޔަރުކޮށްފައިވާ އަދި މިހާރުވެސް ތުހުމަތުވާ ދެ މައްސަލައެއްގެ ތަހުގީގު ނިންމާ ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވާފައިވާ ކުއްޖެކެވެ. އަދި އޭނާއަކީ ގިނަ އަދަދެއްގެ މަސްތުވާތަކެތީގެ މައްސަލަތަކާއި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލަތަކާއި ވައްކަމުގެ މައްސަލަތަކާއި ފޭރުމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ ކުއްޖެކެވެ.