އިލެކްޝަންސް ކޮމިޝަން

އިތުރު 12 ކެންޑިޑޭޓަކު ނަން ނަގައިފި

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއިި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުން އިތުރު 12 ކެނޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ހުޅުވާލުމާ ގުޅިގެން އިތުރު 12 މީހަކު ނަން އަނބުރާ ގެންގޮސްފި އެވެ.

ނަން ނަަގާފައިވަނީ، ޕީޕީއެމްގެ ތިން ކެނޑިޑޭޓަކާއި، އެމްޑީއޭގެ ކެނޑިޑޭޓެއްގެ އިތުރުން އެމްޑީޕީގެ ކެނޑިޑޭޓެކެވެ. ދެން ހިމެނެނީ އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރަން ހުށައެޅި ކެންޑިޑޭޓުންނެވެ. 12 ކެންޑިޑޭޓުންގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރަން ފޯމް ހުށައެޅި ފަސް ކެންޑިޑޭޓަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރަން ފޯމް ހުށައެޅި ހަތް ކެންޑިޑޭޓެކެވެ.

މިދިޔަ އޭޕްރީލް މަހު ބާއްވަން ތާވަލު ކުރި ލޯކަލް ކައުންސިިލް އިންތިހާބު ފަސް ކުރުމަށްފަަހު އަލުން އިންތިހާބު ބޭއްވުމަށް މަސައްކަތް ކުރަމުންދަނީ އަންނަ މާޗް މަހުގެ ހަވަނަ ދުވަހު އެވެ. ނަމަވެސް އިންތިހާބުގެ މަސައްކަތް ފެށުމުގެ ހުއްްދަ ޖަނަވަރީ ފަހެއްގެ ކުރިން ނުދީފިނަމަ އެ މުއްދަތުގައި އިންތިހާބު ނުބޭއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. މަޖިލީހުން ވަނީ އިންތިހާބުގެ ކަންކަން ފެށުމުގެ ހުއްދަ ދިނުމަށް ސަރުކާރުން މަސައްކަތް ކޮށްދެއްވުމަށް ގޮވާލާފައެވެ.