މުލި

ދޯންޏެއްގައި ރޯވެ ބަޔަކު ފިހިއްޖެ

Dec 12, 2020

ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބަޔަކު ފިހެއްޖެ އެވެ.

ސިފައިންގެއިން ބުނީ މ. އަތޮޅު ކޮޅުފުށީ ބޭރުގައި މަސްްވެރިކަން ކުރަން އުޅުނު ދޯންޏެއްގައި ހުރި ޕެޓްރޯލް ހަމެއްގައި އަލިފާން ރޯވެ ތިން މީހަކު ޒަހަމްވެފައިވާ ކަމަށާއި އެ މީހާ މުލީ ރީޖަނަލް ހޮސްޕިޓަލަށް ގެންދަން މަސައްކަތް ކުރާ ކަމަށެވެ.

އެ ދޯނީގައި ރޯވި އަލިފާން މިހާރު ވަނީ ނިއްވާލާފަ އެވެ. އަލިފާން ނިއްވާލީ "ވިލާ ވާލި -13" ކިޔާ އެ ދޯނީގެ ފަޅުވެރިންނެވެ.