ހަބަރު

ރާއްޖެ ސަރަހައްދުން ބޭރުގެ ދެ މަސްބޯޓެއް ފެނިގެން ސިފައިން ހަރަކާތްތެރިވަނީ

ބޭރުގެ ދެ މަސްބޯޓެއް ފެނިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.

ދެ ބޯޓް ފެނިފައިވަނީ ލ. އިސްދޫ މުލީގެ 87 މޭލު ބޭރުންނެވެ. އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ ބޭރުގެ ދެ މަސްބޯޓެއް ފެނިގެން ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އެ ރިޕޯޓް ލިބިފައިވަނީ މިއަދު ފަހެއް ޖެހިއިރު އެވެ.

އާޒިމް ވިދާޅުވީ އެ ދެ ބޯޓްގެ މައުލޫމާތު ދީފައިވަނީ މަސްވެރިކަމަށް ނިކުމެ އުޅުނު ދިވެހި ދޯންޏެއްގަައި ތިބި މަސްވެރިން ކަމަަށެވެ.

ރާއްޖެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ މަސްވެރިކަން ކުރާ ބޯޓް ފަހަރު ސިފައިން ހިފަހައްޓައެވެ.