ހަބަރު

ގްރޭންޑަރަކުން ޖެހި މީހެއްގެ ފައި ޒަހަމް ވެއްޖެ

ކ. ތިލފުށި ބޯޓު ޔާޑުގައި މަސައްކަތް ކުރަމުން ދިޔަ، ބިދޭސީއެއްގެ ފައިގައި ގުރޭންޑަރުން ޖެހި ޒަހަމް ވެގެން ފަރުވާ އަށް މާލެ ގެނެސްފި އެވެ.

އެމްއެންޑީއެފުގެ ތަރުޖަމާނު މޭޖާ އިބުރާހިމު އާޒިމު ވިދާޅުވި ގޮގައި މި ހާދިސާ ގައި ޒަހަމު ވެފައިވަނީ 24 އަހަރުގެ ބިދޭސީ ފިރިހެނެކެވެ. އޭނާ ވިދާޅުވީ މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 10:25 ގައި ކަމަށާ އަނިޔާވި މީހާ އަށް ފަރުވާ ދިނުމަށް ޓަކައި އެމްއެންޑީއެފުގެ ކޯސްޓްގާޑުގައި މާލެ ގެނެވިފައިވަނީ ހެނދުނު 11 ޖަހާއިރު ކަމަށެވެ.

އިންސްޓްރިއަލް ގިނަ މަސައްކަތްތަކެއް ކުރާ ތިލަފުށީގައި މިފަދަ ހާދިސާތައް ހިންގަ އެވެ. މިފަދަ ބައެއް ހާދިސާތަކުގައި މީހުންގެ ފުރާނައަށްވެސް ގެއްލުންވެފައި އެބަހުއްޓެވެ.