ވިޔަފާރި

ގަލްފް އެއާ ފަށައި، އެއާ ފްރާންސްގެ ދަތުރުތައް ފަށަން ތައްޔާރު ވެއްޖެ

Dec 13, 2020

ގަލްފް އެއާގެ ދަތުރުތައް މިއަދު ރާއްޖެ އަށް ފަށައިފި، ފްރާންސުގެ ގައުމީ އެއާލައިން އެއާ ފްރާންސުގެ ދަތުރުތައް ފަށަން ތައްޔާރު ވެއްޖެ އެވެ.

ވެލާނާ އިންޓަނޭޝަނަލް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނި ގޮތުގައި މިއަދު ގަލްފް އެއާ އިން ރާއްޖެ އަށް ވަނީ ދަތުރު ފަށާފަ އެވެ.

ފޮޓޯތަކާއެކު އެ ކުންފުނިން ކުރި ޓުވީޓެއްގައި ގަލްފް އެއާއަށް މަރުހަބާ ކިޔާފައިވެ އެވެ. ގަލްފް އެއާއިން ޖެނުއަރީ މަހުގެ ނިޔަލަށް ހަފުތާއަކު ފްލައިޓެއް ބާއްވާނެ އެވެ. ނަމަވެސް މިމަހުގެ 27 އިން 29 ގެ ނިޔަލަށް އަންނަ ލޯޑަށް ކޭޓާ ކުރުމުގެ ގޮތުން ގަލްފް އެއާގެ ފްލައިޓްތައް ދެ ފްލައިޓަށް އިތުރު ކުރާނެ އެވެ.

އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު ހަސަން އަރީފު ވިދާޅުވި ގޮތުގައި ގަލްފް އެއާގެ އިތުރުން އިތުރު އެއާލައިންތަކެއް މަހު ފަށާނެ އެވެ. މީގެތެރޭގައި އެއާ ފްރާންސުވެސް ހިމެނޭ ކަމަށެވެ. އެ އެއާލައިން އަންނަ ހަފުތާ ފަށާނެ ކަމަށް ހަސަން ވިދާޅުވި އެވެ.

ރާއްޖޭގެ ބޯޑަރު ހަތަރު މަހު ބަންދުކޮށްފައި ބޭއްވުމަށްފަހު ހުޅުވާފައިވަނީ ޖުލައި މަހުގެ 15 ގަ އެވެ. ރާއްޖެ ހުޅުވިނަމަވެސް ދުނިޔޭގެ މަޝްހޫރު ޓޫރިޒަމް މަންޒިލްތައް އަދިވެސް އޮތީ ބަންދުކޮށްފަ އެވެ. އަދި ރާއްޖޭގެ ބޯޑަރު ހުޅުވިކަން ދުނިޔެއަށް އެނގުމާއެކު ދުނިޔޭގެ ގިނަ ބައެއްގެ ޝައުގުވެރިކަން ވަނީ ރާއްޖެއަށް ލިބިފަ އެވެ. އަދި އަންނަ މީހުންގެ އަދަދު ދަނީ އިތުރު ވަމުންނެވެ. މިހާތަނަށް ބޯޑަރު ހުޅުވިފަހުން އެއް ލައްކަ ޓޫރިސްޓުން އިއްޔެ ހަމަވިއިރު، އަންނަ ހަފުތާގައި ރާއްޖެއަށް ބައި މިލިއަން މީހުން އަންނާނެ އެވެ.

ޓޫރިސްޓުންގެ ނަމްބަރުތައް މަތިވަމުންދާއިރު، ރާއްޖެ އަށް އަންނަ ފްލައިޓްތަކުގެ އަދަދު ވެސް ދަނީ އިތުރު ވަމުންނެވެ. މިހާތަނަށް 19 އެއާލައިންއަކުން ދަނީ ރާއްޖެއަށް އުދުހެމުންނެވެ.