ވޭލްސް ސަބްމެރިން

ވޭލް ސަބްމެރިންއިން ހެޔޮ އަގެއްގައި ދަތުރުތައް ފަށައިފި

ޓުއަރިސްޓް ސަބްމެރިން މޯލްޑިވްސްއިން އޮޕަރޭޓް ކުރަމުންދާ ވޭލް ސަބްމެރިންއިން ހެޔޮ އަގުތަކެއްގައި އަލުން ދަތުރުތައް ފަށައިފި އެވެ. ދިވެހިންނާއި ފަތުރުވެރިންނަށް ކަނޑުއަޑީގެ ހިތްގައިމުކަން ދައްކާލުމުގެ ގޮތުން ވޭލް ސަބްމެރިންގެ ދަތުރުތައް އަލުން ފަށާފައިވާއިރު ވަރަށް ހެޔޮ އަގެއްގައި ދަތުރުކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

އެ ގޮތުން މިހާރު ފަށާފައިވާ ޕްރޮމޯޝަންގެ ދަށުން 250 ރުފިޔާއަށް ކަނޑުއަޑީގެ މަންޒަރު ބަލާލަން ސަބްމެރިންގައި ދަތުރެއް ކުރެވޭނެ އެވެ. އަދި ކުޑަކުދިންނަށް ހާއްސަ އަގުތަކެއް ވަނީ ކަނޑައަޅާފައެވެ.

ހުކުރު އަދި ހޯމަ ދުވަސް ފިޔަވައި ކޮންމެ ދުވަހަކުވެސް އެކި ގަޑިތަކުގައި ދަތުރުތައް އޮންނާނެ އެވެ. ދަތުރުތައް އޮންނާނީ ހެނދުނު 11:30ގަ އާއި މެންދުރު 1:00 ގެ އިތުރުން މެންދުރު ފަހު 2:30 އަދި ހަވީރު 4:30 ގައެވެ.

ވޭލް ސަބްމެރިންގެ އޮފިޝަލަކު ވިދާޅުވީ ސްނޯކަލިން އެންޑް ސްކޫބާ ޑައިވިން ވިތް ސްޓިންގްރޭ އަދި ފިޝިން އެންޑް ރިލެކްސިން ޕްލެޓްފޯމްގައި ބާބެކިއުއާއެކު ހާއްސަ ޕެކޭޖްތަކެއް ތައާރަފްކޮށްފައިވާ ކަމަށެވެ.

ވޭލް ސަބްމެރިންއިން އަލުން ދަތުރުތައް ފަށާފައި ވަނީ އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަަޅުތައް އަޅައިގެންނެވެ. އޮފިޝަލް ވިދާޅުވީ ހެޔޮ އަގެއްގައި ދަތުރުތައް ފެށުމުގެ މަގްސަދަކީ ލޮކްޑައުންގެ ސަބަބުން މާލޭގައި ތާށިވެފައި ތިބި ދިވެހިންނަށް ހިތް އުފާކޮށްލާ އާއިލާއާއެކު ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ތަނަވަސްކޮށް ދިނުން ކަމަށެވެ.

ވޭލް ސަބްމެރިންގެ ދަތުރުތައް އަލުން ފެށުން

  • ދަތުރުތައް އޮންނާނީ އާދިއްތަ، އަންގާރަ، ބުދަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު
  • މި ދުވަސްތަކުގައި ކޮންމެ ދުވަހަކު ހަތަރު ދަތުރު ކުރާނެ
  • ދަތުރުތައް އޮންނާނީ 11:30، 13:00، 14:30 އަދި 16:30 ގައި
  • ޕްރޮމޮޝަންގެ ދަށުން 250 ރުފިޔާއަށް ދަތުރު ކުރެވޭނެ
  • ކުޑަކުދިންނަށް ވަރަށް ހާއްސަ އަގުތަކެއް
  • ފިޝިން އެންޑް ރިލެކްސިން ޕްލެޓްފޯމްގައި ބާބެކިއުއާއެކު ހާއްސަ ޕެކޭޖްތަކެއް
  • ސްނޯކަލިން އެންޑް ސްކޫބާ ޑައިވިން ވިތް ސްޓިންގްރޭ
  • ބްކިންގްސް ހެދުމަށް 7903939 ވައިބަރު ކުރައްވާ

ރާއްޖޭގައި އޮތް ހަމައެކަނި ޕެސެންޖާ ސަބްމެރީނަކީ ދުނިޔޭގައި އެންމެ ފުނަށް ޑައިވްކުރާ ސަބްމެރިންތަކުގެ ތެރޭ ހިމެނޭ އަދި އެންމެ ކެޕޭސިޓީ ބޮޑު އެއް ޓޫރިސްޓް ސަބްމެރީނެވެ. ވޭލް ސަބްމެރިން މޯލްޑިވްސްގެ މި ސަބްމެރިންއަކީ އެއްފަހަރާ 50 މީހުންނަށް ދަތުރު ކުރެވޭނެ ގޮތަކަށް ފަރުމާ ކުރެވިފައިވާ ސަބްމެރީނެވެ. މީގެ 20 އަހަރު ކުރިން ހިދުމަތަށް ނިކުތް ވޭލް ސަބްމެރިން މިހާތަނަށް 350،000 މީހުން ހިމެނޭ ގޮތަށް 10،000 ވުރެ ގިނަ ޑައިވް ކޮށްފައިވެއެވެ.