ހަބަރު

ރައީސް ޔާމީންގެ މަންމާފުޅުގެ ހާލުކޮޅު ދެރަވެ އެޑްމިޓްކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މަންމާފުޅުގެ ހާލުކޮޅު ދެރަވެ، ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.

ރައީސް ޔާމީންގެ މަންމާފުޅު، އުމުރުފުޅުން 83 އަހަރުގެ ފާތުމަތު ހަސަން ދިރިއުޅުއް ވަނީ ދަރިކަނބަލުން މުސްލިމާ އަބްދުލް ގައްޔޫމްގެ އަރިހުގައި އަވަށްޓެރި ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގަ އެވެ. އެކަމަނާއަކީ ނ. ވެލިދޫއަށް ނިސްވެ ވަޑައިގަންނަވާ ބޭފުޅެކެވެ.

ރައީސް ޔާމީންގެ މަންމާފުޅުގެ އާލަސްކާންފުޅު ބޮޑު އެކަމަނާ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފާރުވާ ހޯއްދަވަމުން ގެންދަވާތާ މިހާރު ހަފުތާއެއްހާ ދުވަސްވެފައި ވެއެވެ. އެހެން ނަމަވެސް ކޮން ކަހަލަ އާލާސްކަންފުޅެއްކަން ސާފެއް ނުވެއެވެ.

މަންމާފުޅުގެ އާލާސްކަންފުޅު ބޮޑުވެ، އެކަމަނާ ފަރުވާ ހޯއްދަވަމުން ގެންދަވާއިރު ފަސް އަރުގެ ޖަލު ހުކުމެއް ރައީސް ޔާމީންގެ މައްޗަށް ސާބިތު ކުރުމުން އެ މަނިކުފާނު ޖަލުގައި ހުންނަވައި އެ ހުކުމް ތަންފީޒު ކުރައްވާތާ މިހާރު އަހަރެއް ވެފައި ވެއެވެ. އެ މަނިކުފާނު ޖަލުގައި ހުންނަވަނިކޮށް އެއްބަފާ ދައިތާފުޅު މޫމިނާ އަބްދުލް ގައްޔޫމް ވެސް ވަނީ އަވަހާރަވެފަ އެވެ.

ރައީސް ޔާމީންގެ މަންމާފުޅުގެ ތިއްބަވަނީ ރައީސާއެކު ހަ ބޭފުޅުންނެވެ. އެއީ ފަސް ފިރިހެން ބޭފުޅުންނާއި އަންހެން ބޭފުޅެކެވެ.