ބޮލީވުޑް

އަބީޝެކް އާއި އައިޝްވަރިޔާގެ "ގުލާބް ޖާމޫން" ހުއްޓާލީތަ؟

އަބީޝެކް ބައްޗަން އާއި އަންހެނުން އައިޝްވަރިޔާ ރާއީ މިހާތަނަށް އެކުގައި އަށް ފިލްމެއް ކުޅެފައި ވެއެވެ. އަދި ނުވަ ވަނަ ފިލްމެއް ވަރަށް އަވަހަށް ފަށަން އުޅޭ ކަމަށް އިންޑިޔާގެ ބައެއް ނޫސްތަކުން ރިޕޯޓު ކޮށްފައި ވެއެވެ.

އަބީޝެކް ބައްޗަން އާއި އަންހެނުން އައިޝްވަރިޔާ ރާއީ މިހާތަނަށް އެކުގައި އަށް ފިލްމެއް ކުޅެފައި ވެއެވެ. އަދި ނުވަ ވަނަ ފިލްމެއް ވަރަށް އަވަހަށް ފަށަން އުޅޭ ކަމަށް އިންޑިޔާގެ ބައެއް ނޫސްތަކުން ރިޕޯޓު ކޮށްފައި ވެއެވެ.

ކުރިން ބެލެވިފައި އޮތީ މި ދެ އެކްޓަރުން އެކުގައި ކުޅޭ ނުވަ ވަނަ ފިލްމަކަށް ވާތީ އަނުރާގް ކަޝޭޕްގެ "ގުލާބް ޖާމުން" ކަމަށެވެ. ނަމަވެސް މި ފިލްމު މިހާރު އޮތީ ފެށޭނެ ދުވަހެއް ނޭނގި ހުއްޓިފަ އެވެ.

އަބީޝެކް ބުނި ގޮތުގައި އެ ޕްރޮޖެކްޓަށް ވެގެން އުޅޭ ގޮތެއް އޭނާއަކަށް ވެސް ނޭނގެ އެވެ. އަބީޝެކްގެ "މަންމަރްޒިޔާން" އަކީ އަނުރާގު ކަޝޭޕް އުފެއްދި ފިލްމެއް ކަމަށާއި އެ ފިލްމުގައި އަނުރާގު އާއެކު މަސައްކަތް ކުރުމުގެ ތަޖުރިބާ ވަރަށް ރަނގަޅު ކަމަށް ވެސް އަބީޝެކް ބުންޏެވެ.

"އަހަރެން ވަރަށް ފަޚުރުވެރިވާ ފިލްމެއް 'މަންމަރްޒިޔާން' އަކީ. އެހެންވެ އަނުރާގު އާއެކު އަލުން ފިލްމެއް ކުޅުމުގެ އުންމީދުގައި މިހުރީ،" އަބީޝެކް ބުންޏެވެ.

އަންހެނުން އައިޝްވަރިޔާ އާއެކު އިތުރު ފިލްމެއްގައި މަސައްކަތް ކުރުމާ ގުޅޭ ގޮތުން އަބީޝެކް ބުނީ އަބަދުވެސް އައިޝްވަރިޔާ އާއެކު ފިލްމު ކުޅުމަކީ އޭނާ ވަރަށް ހިތްހަމަޖެހޭ ކަމެއްކަމަށެވެ.

"އައިޝްވަރިޔާ އަކީ މަގޭ ފޭވަރިޓް ކޯ-ސްޓާ. އޭނާއާއެކު ފިލްމު ކުޅޭއިރު އަބަދުވެސް މޮޅަށް އެކްޓް ކުރަން ހިތްވަރުލިބޭ،" އަބީޝެކް ބުންޏެވެ. ނުވަ ވަނަ ފިލްމު ހުއްޓިފައި އޮތަސް އަވަސް ފުރުސަތެއްގައި އައިޝްވަރިޔާ އާއެކު އާ ފިލްމެއްގެ މަސައްކަތް ކުރަން އުންމީދުކުރާ ކަމަށް ވެސް އަބީޝެކް ބުންޏެވެ.