ދޮންކޭލުގެ ތޮށި ކަޅުވުމުން އަހަރުމެންގެ ތެރެއިން ގިނަ މީހުން ދޮންކެޔޮ ކާން ފަސްޖެހި، ގިނަ ފަހަރަށް އެތަކެތި އުކާލަނީ އެވެ.
ތޮށިގަނޑުގައި ކަޅު ލަތްތަކެއް ހުރުމުން ނުވަތަ ދޮންކެޔޮ ކުޑަކޮށް ޗަސްވުމުން ކާން ފަކުރު ކަމަށް ބުނެ އުކާލާއިރު އެއިން އެހެން އެއްޗެއް ތައްޔާރު ކޮށްގެން ކެވިދާނެ ކަމަށް ހިތަށް އަރަނީ ކިތައް މީހުން ހެއްޔެވެ.
ތިރީގައި މިވަނީ ކުޑަކޮށް ސަކަރާތްވެ، ނުވަތަ ދޮންކެޔޮލުގެ ތޮށިގަނޑުގައި ލަތް ޖެހުމުން ކާން ބޭނުންނުވާ މީހުންނަށް އެއިން ތައްޔާރުކުރެވިދާނެ މީރު އެއްޗެކެވެ. މިފަދަ ދޮންކެޔޮލުން ތައްޔާރުކުރާ މަފިން އަކީ ހެނދުނުގެ ނާސްތާއަށް ނުވަތަ ހަވީރުގެ ސައި ގަޑީގައި ވެސް ބޭނުންކުރަން މީރު އެއްޗެކެވެ.
ބޭނުންވާނެ ތަކެތި:
1 ޖޯޑު ފުށް
1/3 ސައިސަމުސާ ބޭކިން ސޮޑާ
1/3 ސައިސަމުސާ ލޮނު
1/3 ޖޯޑު އަންސޯލްޓެޑް ބަޓަރު
1/3 ޖޯޑު ހަކުރު
1 ބިސް
1/3 ސައިސަމުސާ ވެނިލާ އެސެންސް
ޗަސްކޮށްފައިވާ 2-3 ދޮންކެޔޮ
1/3 ޖޯޑު ބަޓާ މިލްކް
2 މޭޒުމަތީ ސަމުސާ ޗޮކްލެޓް ޗިޕްސް
ހައްދަވާނެ ގޮތް:
އެންމެފުރަތަމަ ފުށް، ލޮނުކޮޅު އަދި ބޭކިން ސޮޑާ ބޯތަށްޓަކަށް އަޅާށެވެ. އެއަށްފަހު ބަޓަރުކޮޅުގެ ތެރެއަށް ހަކުރު އެޅުމަށްފަހު މަޑު ރީނދޫކުލައަކަށް ބަދަލުވެ، ބޯ ވަންދެން މިކްސް ކުރާށެވެ. ދެން މިކްސް ކުރި ބަޓަރުގެ ތެރެއަށް ބިހާއި ވެނިލާ އެސެންސް އަޅައި މަޑުމަޑުން އެއް ކުރާށެވެ. ދެން ޗަސްކޮށްފައިވާ ދޮންކެޔޮލާއި ބަޓާ މިލްކް މީގެތެރެއަށް އެޅުމަށްފަހު ރަނގަޅަށް އެއްކުރާށެވެ. ކުރިން ވަކި ބޯތަށްޓަކަށް އެޅި ފުށާއި، ލޮނު އަދި ބޭކިންސޮޑާ މިކްސްކުރި ހުރިހާ އެއްޗެއްގެ ތެރެއަށް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. މިހާ ހިސާބުން ބަނާނާ މަފިން ހެދުމަށް ބޭނުންވާ ގިރައި ނުމުނީ އެވެ. ދެން މަފިން ފިހަން ބޭނުންކުރާ ތަށީގެ މެދެއްހާ ހިސާބަށް އެޅުމަށްފަހު އޭގެ މައްޗަށް ޗޮކްލެޓް ޗިޕް ބުރުވާލާށެވެ. ދޮންކޮށްފައިވާ އަވަނުގެ ދޮން 175 ޑިގްރީގައި ބެހެއްޓުމަށްފަހު 20-25 މިނިޓް ވަންދެން ފިހެލާށެވެ. ރަނގަޅަށް ފިހެވުނުތޯ ޗެކްކޮށްލަން ޓޫތްޕިކެއް މަފިންގެ މެދަށް އަވަން ކެނޑުމުން ހަރާލާށެވެ. ޓޫތްޕިކްގައި އެއްވެސް ވަރަކަށް މަފިންގެ ފުށްގަނޑު ހޭކިފައިނެތްނަމަ މަފިން އެހެރީ ރިތކޮށް ފިހެވިފަ އެވެ. ހީހޫވުމުން މަތިޖެހޭ އެއްޗަކަށް އަޅާފައި ބެހެއްޓުމުން 3-2 ދުވަސް ވަންދެން ބޭނުންކުރެވޭނެ އެވެ.