ބައިކް މޯލްޑިވްސް އިން ޖޫނިއާ ސައިކްލިން ކޭމްޕެއް ކުރިޔަށް ގެންގޮސްފި އެވެ.
މިދިޔަ ހުކުރު ދުވަހު ފެށި އެ ޕްރޮގްރާމްގައި 25 ކުދިން ބައިވެރިވެފައި ވެއެވެ. އަދި ދެވަނަ ބެޗަކަށް މިހާރު 30 ކުދިންނަށް ވުރެ ގިނަ ކުދިން ވަނީ އިތުރަށް ރެޖިސްޓަރީ ކޮށްފަ އެވެ.
މިއީ 7 އަހަރާއި 14 އަހަރާއި ދެމެދުގެ ކުދިންނަށް ކުރިއަށްގެންދާ ސެޝަންތަކެކެވެ. މި ސެޝަންތައް ކުރިއަށް ގެންގޮސްފައި ވަނީ ތަމްރީނު ލިބިފައިވާ ކޯޗުނެވެ.
ބައިކް މޯލްޑިވްސް އިން ބުނީ އެ ޕްރޮގްރާމް ސްކޫލް ބަންދު ނިމެންދެން ކުރިއަށް ގެންދާނެ ކަމަށާއި ސްކޫލް ބަންދަށް ފަހު ވެސް ކުރިއަށް ގެންދަން ރާވާފައިވާ ކަމަށެވެ.
ބައިކްމޯލްޑިވްސް އަކީ ބައިސްކަލް ދުއްވުމުގެ ގިނަ ހަރަކާތްތައް މާލޭގައި އިންތިޒާމް ކުރަމުން އަންނަ ޖަމާއަތެކެވެ. އަދި ރާއްޖެއިން ބޭރުގައި ބާއްވާ އެކި އެކި ޓުއާތަކުގައިވެސް ބައިކް މޯލްޑިވްސް ބައިވެރިވެ އެވެ.