އައިޝަތު ނަހުލާ

އައިއޯއާރުއޭގެ އެއްބަސްވުމުގައި ރާއްޖެ ސޮއިކޮށްފި

އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އައިއޯއާރުއޭ) ގެ ގައުމުތަކުގެ މެދުގައި އޮންނަ "ކޯޑިނޭޝަން އެންޑް ކޯޕަރޭޝަން އޮފް ސާޗް އެންޑް ރެސްކިއު ސާވިސް އިން ދަ އިންޑިއަން ރީޖަން" ގެ އެއްބަސްވުމުގައި ރާއްޖެ ސޮއި ކޮށްފި އެވެ.

މި އެ އެއްބަސް ވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެވެ.

މި އެއްބަސްވުމަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި ސާޗް އެންޑް ރެސްކިއުގެ ހިދުމަތް ދިނުން ވިލަރެސް ކުރުމާއި އެކަމުގައި ގައުމުތަކުގެ މެދުގައި އެއްބައިވަންތަކަން ގާއިމު ކުރުމުގެ ގޮތުން އައިއޯއާރުއޭގެ ގައުމުތަކުގެ މެދުގައިވި އެއްބަސްވުމެކެވެ.

މި އެބަސްވުމާއެކު ފުރާނަ ސަލާމަތް ކުރުމަށްޓަކައި ވައިގެ މަގުން އަދި ކަނޑު މަގުން ހިންގާ ސާޗް އެންޑް ރެސްކިއު މަސައްކަތްތަކުގައި ގައުމުތަކުގެ މެދުގައި އެއްބައިވަންތަކަން ދަމަހައްޓާނެ އެވެ.