ހަބަރު

މާލޭ ފަޅުތެރެއަށް އަޑިއަށް ދިޔަ ލޯންޗެއް ނަގައިފި

Dec 17, 2020

މާލޭގެ ދެކުނު ފަޅުތެރޭގައި އަޅާފައިއޮތް ލޯންޗެއް ދިޔަވެ، އަޑިއަށް ދިއުމާ ގުޅިގެން، އެ ލޯންޗު ނެގުމުގެ މަސައްކަތް އެމްއެންޑީއެފުން ކޮށްފި އެވެ.

އެމްއެންޑީފުން ބުނީ މާލޭގެ ދެކުނު ފަޅުތެރޭގައި އަޅާފައިއޮތް 33 ފޫޓުގެ "ލިނެޓެން" ނަމަކަށް ލޯންޗެއް ދިޔަވެ، އަޑިއަށް ގޮސްފައިވާ ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރު ކަމަށެވެ.

އެކަމާ ގުޅިގެން، އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު އިން އެ ލޯންޗު ނަގައި ދިޔަ ހިއްކުމުގެ މަސައްކަތްކޮށްފަ އެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.