ރާއްޖޭގައި އަވިން 2.5 މެގަވޮޓުގެ ހަކަތަ އުފައްދާ ޑީސެލް ހައިބްރިޑް ގްރިޑް ނިޒާމެއް ގާއިމު ކުރަން އެނާޖީ މިނިސްޓްރީ އާއި ޗައިނާގެ ސީސީއީއޯސިސް ޓެކްނޮލޮޖީ ކޯޕަރޭޝަން ދެމެދު އެއްބަސް ވުމެއްގައި ސޮއިކޮށްފިއެވެ.
ބައިނަލްލަގުވާމީ ހަކަތާގެ ދުވަސް ފާހަގަކޮށް މިއަދު ޝީބިލްޑިންގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެނާޖީ މިނިސްޓްރީ ސޮއިކުރެއްވީ މިނިސްޓަރު ތޯރިގު އިބްރާހިމް އެވެ. އަދި ސީސީއޯސިސް ޓެކްނޮލޮޖީ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗެއާމަން ޑައިކުން ކެންގް އެވެ.
ހައިބްރިޑް ސިސްޓަމް ތައް ގާއިް ކުރާނީ ތ. ބުރުނީ އާއި ބ. ގޮއިދޫ އާއި ގއ. ވިިލިނގިލީގަ އާއި ޅ. ކުރެންދޫ އަދި އައްޑޫ ސިޓީގެ ރަށްރަށުގެ އެވެ. މި ޕްރޮޖްކެޓްގެ އަގު ހާމައެއް ނުކުރެ އެވެ.
މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ތޯރިގް ވިދާޅުވީ ރާއްޖެއަކީ ތެލުގެ ރިޒާވް އެއް ނެތް ގައުމެއް ކަމުގައި ވިޔަސް ހަކަތަ ބޭނުން ކުރާ މިންވަރު ދުވަހުން ދުވަހަށް ބޮޑު ވަމުންދާ އިންސައްތައަށް ބަލައި އިރު ހުރީ 11 ޕަސަންޓުގައި ކަމަށާއި އަދި އެކަމަށް އަވަސް ހައްލެއް ހޯދުމަކީ ސަރުކާރުން ވަރަށް އިސްކަމެއްދޭ ކަމެއް ކަމަށެވެ. އެގޮތުން މިއަދު މިސޮއިކުރި މަޝްރޫއަކީ ސާފު ހަކަތައިން އިގްތިސޯދީ ފައިދާ އިތުރުކުރުމުގެ މަގްސަދުގައި އެޅިގެން ދިޔަ މުހިންމު ފިޔަވަޅެއް ކަމަށެވެ.
"ގައުމުގެ ތަރައްގީ އަށާއި ޒަމާނީ ދިރިއުޅުމެއް ބައްޓަން ކުރުމަށް ކޮންމެހެންވެސް ހަކަތަ ބޭނުންވެ ނަމަވެސް އެއީ ވަރަށް އަގު ބޮޑު އެއްޗެއް. އަދި ރާއްޖޭގައި ތެލުގެ ރިޒާވް އެއް ނެތަށް ހަކަތަ ބޭނުންކުރާ މިންގަޑު ދަނީ ދުވަހުން ދުވަހަށް އިތުރު ވަމުން. އެގޮތުން އިއާދަ ކުރެވެނިވި ހަކަތަ އުފެއްދުމުގެ ގޮތުން މިއަދު މިލިބުނީ ބޮޑު ކުރިއެރުމެއް،" ތޯރިގު ވިދާޅުވި އެވެ.
ތޯރިގު ވިދާޅުވީ މީގެކުރިން މިސަރުކާރުން ވޭތުވެ ދިޔަ ދެ އަހަރު ތެރޭގައި ވާނީ ދެމެގަ ވޯލްޓަށް ވުރެގިނައިން އަލިން ކަރަންޓު އުފައްދާ ނިޒާމް ގާއިމް ކޮށްފައި ކަމަށާއި މި ސޮއިކުރެވުނު އެއްބަސް ވުމާއެކު ރާއްޖޭގެ އިޔާދަކުރެވެނި ހަކަތައިން ކަރަންޓު އުފެއްދުމުގެ އިންސްޓާލް ކުރެއްވިފައިވާ އަދަދު ދެގުނަ އަށް އިތުރު ވެގެންދާނެ ކަމަށެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ދުނިޔޭގެ ހަކަތާގެ ދުވަހާ ގުޅިގެން އަންނަ އަހަރު ބޭނުން ކުރާނެ ޝިޔާރު "ލެޑް ސޭވްސް" ހާމަކޮށްފަ އެވެ.