ހަބަރު

ސްނޯކްލިން އަށް ދިޔަ ކުއްޖަކު ގެނބިއްޖެ

ސްނޯކްލިން އަށް ދިޔަ ކުއްޖަކު ގެނބިއްޖެ އެވެ.

ފުލުހުން ބުނީ ސްވިމިން ޓްރެކް ސަރަހައްދުގައި ސްނޯކްލިން އަށް ގޮސް އުޅުނު ކުއްޖަކު ގެނބިގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށެވެ. މި ހާދިސާ ހިނގީ މިއަދު މެންދުރު 12:30 ގައެވެ.

މިހާރު އެ ކުއްޖާއަށް ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލާފައެވެ.

ސްނޯކްލިން އަށް ދިޔަ ކުއްޖަކު މިއަދު ގެނބުނުއިރު ގއ. މާނަގަލާ ކައިރިއަށް ގެނބިގެން ހާލު ދެރަވި އުމުރުން 13 އަހަރުގެ ކުއްޖަކު އަވަސް ފަރުވާއަށް ގއ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުންނެވެ. އެ ކުއްޖާ އަވަސް ފަރުވާއަށް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ސިފައިންގެ އެހީތެރިކަމުގައެވެ.

އެ ކުއްޖާ ގެނބެމުންދަނިކޮށް ސަލާމަތް ކުރީ އާއިލާ މީހެކެވެ.

އެނގިފައިވާ ގޮތުގައި ކުއްޖާގެ ހާލު އެހާ ސީރިއަސްއެއް ނޫނެވެ. ކުއްޖާ ފަރުވާއަށް ގެންދެވުނީ ނޭވާލާން އުނދަގޫވާތީ އެވެ.