ހަބަރު

ރައީސް ޔާމީންގެ ޚަރަދުތައް އެނގުމަކީ ރައްޔިތުންގެ ހައްގެއް: ނަޝީދު

Jan 12, 2015

ރައީސް އަބްދުﷲ ޔާމީންގެ ހުރިހާ ޚަރަދުތަކެއް އޮޅުން ފިލުމަކީ ރައްޔިތުންގެ ހައްގެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން ރައީސް ޔާމީންގެ ހުރިހާ ޚަރަދުތަކެއް އޮޅުން ފިލުމަކީ ރައްޔިތުންގެ ހައްގެއް ކަމަށެވެ.

ނަޝީދު މިއަދު އެގޮތަށް ވިދާޅުވިއިރު ރައީސް ޔާމީން ސިންގަޕޫރަށް ކުރައްވާ ދަތުރުފުޅުތަކުގެ ތަފްސީލާއި އެމަނިކުފާނުގެ ސިއްހީ ހާލުކޮޅުގެ ތަފްސީލު ހޯދަން އެދި އެމްޑީޕީން ވަނީ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދަށް ސޮޓީ ފޮނުއްވައިފަ އެވެ.

މިހާރު ވެސް ރައީސް ޔާމީން ހުންނެވީ އަމިއްލަ ދަތުރުފުޅެއްގައި އަނބިކަނބަލުންނާ އެކު ސިންގަޕޫރުގަ އެވެ.