ހަބަރު

ތިން ހަރަމަށްކުރާ އުމްރާ ދަތުރުތައް މެދުކަނޑާލަން މިނިސްޓްރީން އެދެފި

ރާއްޖެއަށް އުމްރާއަށްދާ ގުރޫޕުތަކުން ތިން ހަރަމް އަށް ކުރާ ދަތުރުތަށް ވަގުތީ ގޮތުން މެދުކަންޑައިލުމަށް އިސްލާމިކް މިނިސްޓްރީއިން އުމްރާ ގްރޫޕް ތަކުގައި އެދިއްޖެ އެވެ.

މިނިސްޓްރީ އިން މިއަދު ބުނީ މިދުވަސް ވަރަކީ ފަލަސްތީނުގެ މަސްޖިދުލް އަގްސާ ބިމުގައި އިޒްރެއިލް ސިފައިން ހަރުކަށި ލާއިންސާނީ އަމަލުތަށް އިތުރުވަމުންދާ ދުވަސް ކޮޅެއް ކަމަށާއި ރާއްޖެއިން އުމްރާއަށް މީހުން ގެންދާ ގުރޫޕު ތަކުން ތިން ހަރަމަށް ދަތުރުތަށް ކުރުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށެވެ.

"އެހެންކަމުން އެ އުމްރާ ގުރޫޕުތަކުން އެކަމަށް ސަމާލުވެ ތިން ހަރަމަށް ކުރާ ދަތުރުތަށް ވަގުތީ ގޮތުން މެދުކަންޑައިލުމަށް އިލްތިމާސް ކުރަން،" އެމިނިސްޓްރީ އިން ބުންޏެވެ.

އެމިނިސްޓްރީ އިން މިހެން ބުނިކަމުގައި ވިޔަސް އުމުރާއަށް ދަތުރުކުރާ ބައެއް ގްރޫޕް ތަކުން ވަނީ މިކަން ބަލައި ނުގަންނަ ކަމަށް ބުނެ އަންނަ މަހު ފަހުކޮޅު ތިން ހަރަމަށް ކުރާ އުމްރާގެ ދަތުރަށް ތައްޔާރުވެފައެވެ.