ވެލިގާ ހާޑްވެއާ

ވެލިގާ ހާޑްވެޔާ އާއި ބްލަންކުގެ ފިހާރަތަކުން ހާއްސަ ޕްރޮމޯޝަނެއް

ވެލިގާ ހާޑްވެޔާ އާއި ބްލަންކުގެ ފިހާރަތަކުން "އާ ފެށުމަކަށް" ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އާ އަހަރާ ދިމާކޮށް ފެށި އެ ޕްރޮމޯޝަން އަންނަ މަހުގެ ނިޔަލަށް ކުރިއަށް ދާނެކަމަށް ވެލިގާ ހާޑްވެޔާ އިން ބުނެފައި ވެ އެވެ.

އެ ޕްރޮމޯޝަންގެ ދަށުން އެތަނުން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ. އަދި 100 ރުފިޔާ އަށް ވުރެ މަތިން ކުރާ ކޮންމެ ވިޔަފާރި އަކަށް އިތުރު ކޫޕަނެއް ލިބޭނެ އެވެ. އެ ޕްރޮމޯޝަން ނިމުމުން ގުރުއަތުލައިގެން ހޮވޭ ނަސީބުވެރިއަކަށް އެއް ލައްކަ ރުފިޔާގެ ވައުޗާއެއް ލިބެނެ ކަމަށް ވެލިގާއިން ބުނެފައިވެ އެވެ. އަދި އެ ވައުޗާއިން އެ ރުފިޔާ އަށް ވާވަރަށް ވެލިގާގެ ކޮންމެ ފިހާރައަކުން ވިޔަފާރި ކުރެވޭނެ ކަމަަށް ވެސް ބުނެފައި ވެއެވެ.

ވެލިގާ އިން ބުނީ 1،000 ރުފިޔާ އަށް ވުރެ މަތިން ވިޔަފާރި ކުރާ ކޮންމެ ފަރާތަކަށް ވަގުތުން އިނާމު ހޯދޭނެ އިންތިޒާމް ވަނީ ހަމަޖައްސާފާކަމަށެވެ. އެގޮތުން ލިބޭ އިނާމުތަކުގެތެރޭގައި ކަށިގަނޑު ސެޓާއި ޕަވާ ބޭންކާއި އެކްޝަން ކެމެރާ ފަދަ ތަކެތި ހިމެނެއެވެ.

ވެލިގާ ހާޑްވެޔާގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު އިއުރާފް އަބްދުﷲ ވިދާޅުވީ އެ ޕްރޮމޯޝަންގެ މައިގަނޑު މަގުސަދަކީ ހުރިހާ ފަރާތްތަކަށް ވެސް ގޮންޖެހުންތައް ކުރިމަތިވި އަހަރަކަށްވެފައި ކޮވިޑްގެ ސަބަބުން ހުއްޓުން އަރާފަ ހުރި މަސައްކަތްތައް އާ ފެށުމެއް ހޯދައިދިނުން ކަމަށެވެ.