ހަބަރު

ގޭގައި މަޑުކުރަން އެންގުމުން މުންދު އިސްތިއުފާދީފި

Oct 22, 2015
9
ނައިބު ރައީސް އަދީބާ އެކު މުންދު ސެލްފީއެއް ނަންގަވަނީ. -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސެން ޝަރީފް (މުންދު) ގޭގައި މަޑު ކުރަން އެންގުމުން އިސްތިއުފާދީފި އެވެ. ރައީސް އޮފީހުން އެކަން ޔަގީނެއް ނުކޮށްދިނެވެ.

އެހެން ނަމަވެސް ރައީސް އޮފީހުގެ އެކި މަސްދަރުތަކުން ވެސް އަވަސް އަށް އެކަން ވަނީ ކަށަވަރުވެފަ އެވެ. މުންދު ވަނީ ނައިބު ރައީސް އަހުމަދު އަދީބާ އެކު ޗައިނާއަށް މިފަހުން ދަތުރު ކުރައްވައިފަ އެވެ. މުންދު މިފަހުން ފެނިފައި ވަނީ ނައިބު ރައީސް އަހުމަދު އަދީބުގެ އަރިސް ބޭފުޅެއްގެ ގޮތުގަ އެވެ.

މުންދު ދާދި ދެންމެއަކު ކުރެއްވި ޓްވީޓެއްގައި ވެސް ވިދާޅުވީ މިއަދުން ފެށިގެން މަސައްކަތަށް ނުނިކުތުމަށް އަންގާފައިވާ ކަމަށެވެ. އެހެންވެ އިސްތިއުފާ ދޭން ނިންމައިފިން ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

"ރައީސް ޔާމީންގެ ކެބިނެޓްގައި މަސައްކަތް ކުރުމަށް ލިބުމަކީ އަޅުގަނޑަށް ލިބުނު ފަހުރެއް،" މުންދު ވިދާޅުވެފައިވެ އެވެ.

މުންދު މަސައްކަތް ކުރައްވަމުން ގެންދަވާފައި ވަނީ ހާރިޖީ ކަންކަމުގައި ސަރުކާރުގެ ފަރާތުން ބޭރުގެ އެކި ގައުމުތަކާއި މުއާމަލާތް ކުރެއްވުމަށް ރައީސް އޮފީހުގައި މަސައްކަތްތައް ކުރައްވާ މިނިސްޓަރެއްގެ ގޮތުގަ އެވެ. މުންދު މީގެ ކުރިން ވަނީ ޔޫތް މިނިސްޓަރު ކަމާއި ރައީސް މައުމޫންގެ ސްޕޯކްސްޕާސަން ކަން ވެސް ކުރައްވައިފަ އެވެ.

ލޯންޗްގައި އެއްޗެއް ގޮއްވާލި މައްސަލައަށް ފަހު ނައިބު ރައީސް އަހުމަދު އަދީބާ ގުޅުން އޮންނަ އެމްޕީއެލްގެ ބޯޑް މެންބަރު ތެމާ އަހުމަދު ޝިޔާމާއި ކޯޑިނޭޓަރު ފިލްމީ ތަރި އަބްދުﷲ މުއާޒު އާއި ރައީސްގެ އޮފީހުގެ ޕަބްލިކް އެފެއާޒް ކޯޑިނޭޓަރު އައިޝަތު ލީޒާ އަދި ޔޫތް މިނިސްޓްރީގެ ކޯޑިނޭޓަރު އަލީ ޝާހިދު (ސްޓެޕްސް އައްޔަ) ވަނީ މަގާމުން ވަކިކޮށްފަ އެވެ.

9 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345