މޫސުން

މޫސުން ގޯސްވެ މެދުރާއްޖެ ތެރެއަށް ރީނދޫ އެލާޓު

މޫސުން ގޯސްވެ މެދު ރާއްޖެތެރޭގެ އަތޮޅު ތަކަށް ރީނދޫ އެލާޓު ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ މުސުން ގޯސްވެ ރީނދޫ އެލާޓު ނެރުނީ ކ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް ކަމަށެވެ. އަދި އެލާޓް ނެރެފައިވަނީ މިއަދު ހަވީރު 5:00 ޖެހުމާ ހަމައަށެވެ.

މެޓުން ބުނީ އެ ވަގުތު ތަކުގައި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަނަވާނެ ކަމަށެވެ.

ބޯކޮށް ވާރޭ ވެހުމާ ގުޅިގެން މާލޭގެ ބައެއް މަގުތަކުގައި ފެން ބޮޑުވެ ޕަންޕު ބެނުން ކޮށްގެން ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފުން ވަނީ ކޮށްފަ އެވެ.